ހޮނިހިރު, މާރޗް 25, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އިނގިރޭސިވިލާތަށް ބޮޑު ސިހުމެއް: ފުލުސް އޮފިސަރަކު 24 އަންހެނުން ރޭޕްކޮށްފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޖެނުއަރީ 18, 2023
ދުނިޔެ
0
އިނގިރޭސިވިލާތަށް ބޮޑު ސިހުމެއް: ފުލުސް އޮފިސަރަކު 24 އަންހެނުން ރޭޕްކޮށްފި

އެހެން ގައުމުތަކުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ބައިނަލްއަގުވާމީ މައިދާނުގައި އަބަދު އަޑުގަދަކުރަމުންދާ އިނގިރޭސިވިލާތުގެ ފުލުސް އޮފިސަރަކު 24 އަންހެނުން ރޭޕްކުރިކަމަށް އެއްބަސްވެއްޖެއެވެ. މި ޚަބަރު ލިބުމުން އިނގިރޭސިވިލާތަށް ބޮޑު ސިހުމެއް ލިބި އެތައް މިލިއަން ބަޔަކަށް ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބިގެން ހިނގައްޖެއެވެ.

ފުލުސް މީހާ ވަނީ ސެކިއުރިޓީ ސާވިސްގައި ހޭދަ ކުރި 17 އަހަރުގެ ތެރޭގައި 24 މީހުން ރޭޕްކުރި ކަމަށް އެއްބަސްވެފަ އެވެ.

އުމުރުން 48 އަހަރުގެ ފުލުސް އޮފިސަރު ޑޭވިޑް ކެރިކް ވަނީ 2003 އާއި 2020 އާ ދެމެދު ތަފާތު 49 ޖަރީމާއެއް ހިންގާފައިވާ ކަމަށް މިހާރު އެއްބަސްވެފަ އެވެ. އޭނާ ވަޒީފާއިން ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ހައްޔަރު ކުރުމުންނެވެ.

ކުރިން ޢަސްކަރިއްޔާގައި ޚިދުމަތް ކުރި، ޑޭވިޑް ކެރިކް 2001 ވަނަ އަހަރު ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްއާ ގުޅުނު ފަހުން، 2009 ވަނަ އަހަރު ވަނީ ޕާލަމެންޓްރީ އެންޑް ސްޕެޝަލައިޒްޑް ޑިޕްލޮމެޓިކް ޕްރޮޓެކްޝަން ކޮމާންޑްގެ ހަތިޔާރު އެޅި އޮފިސަރެއްގެ ދަރަޖައަށް ކުރިއެރުން ހޯދާފައެވެ.

ލަންޑަނުގެ ކޯޓަށް ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި ކެރިކް އޭނާގެ ޝިކާރައަކަށް ހެދި ބައެއް އަންހެނުންނާ މީސްމީޑިއާގެ ވަސީލަތްތަކުން ގުޅައި އޭނާއަކީ ފުލުހަކަށް ވާތީ އެމީހުންނަށް އިތުބާރު ކުރެވެންވާނޭ ކަމަށް އެ މީހުންނަށް ވިސްނައިދީ އެ މީހުންގެ ބޯ ކާލާފައިވެއެވެ.

ޑޭވިޑްގެ އިއުތިރާފުގައިވާ ގޮތުން އޭނާގެ ޝިކާރައަކަށް ވެފައިވާ މީހުން އޭނާގެ ގެއަށް ގެނެސް އެތައް އިރެއް ވާނދެން އެ މީހުންނަށް އެއްވެސް އެއްޗެއް ކާން ނުދީ ބައިތިއްބާފައި ވެއެވެ. ބައެއް މީހުން ބަރަހަނާ ހާލަތުގައި ބައިތިއްބައި ގޭތެރެ ފޮޅައި ސާފުކުރުވުން ފަދަ ކަންތައްތައް މަޖުބޫރުން ކުރުވާފައި ވެއެވެ. އަދި އެމީހުންނަށް ޖެއްސުމާއި މަލާމާތްކޮށް ހަދާފައިވެއެވެ.

ސިއްސުވާލާ ފަދަ މައްސަލައެއް

ލަންޑަންގެ މޭޔަރު ޞާދިޤް ޚާން ވަނީ ޑޭވިޑް ކެރިކްގެ ޖަރީމާތަކާ މެދު އޭނާ ވަރަށް ބޮޑަށް ނަފްރަތު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މޭޔަރު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ މަގާމު، ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އޭނާ ހޯދި ގޮތަކާމެދު އޭނާ ”ސީރިއަސް ސުވާލުތަކަށް“ ޖަވާބު ދޭން ޖެހެ އެވެ.

އިނގިރޭސިވިލާތުގެ އިތުރަށް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑޭވިޑް ކެރިކްގެ ޖަރީމާ ސިފަކުރަމުން ދަނީ ދުނިޔެ ސިއްސުވާލި މައްސަލައެއްގެ ގޮތުގައެވެ.

ބިރުވެރި މައްސަލަތަކެއް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސޮނިކްގެ ރަސްމީ ތަރުޖަމާނު ވަނީ މި މައްސަލައަކީ ”ބިރުވެރި“ މައްސަލައެއްގެ ގޮތުގައި ބޮޑު ވަޒީރު ދެކެވަޑައިގަންނަވާކަމަށް ސިފަ ކުރައްވާފައެވެ. އަދި ޖިންސީ ޝިކާރައަކަށް ވެފައިވާ މީހުންނާމެދު ބޮޑު ވަޒީރު ހަމްދަރުދީވެ ވަޑައިގަންނަވާކަމަށާއި، އެމީހުންނާ މެދު ވިސްނާވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އިނގިރޭސި ފުލުހުން: ޖިންސީ ޖަރީމާއާ ގުޅިގެން މާފަށް އެދުނު

ފުލުހުންގެ ހިތާމަ

ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ބާބަރާ ގްރޭ ވިދާޅުވީ ފުލުހަކު ހިންގި ޖަރީމާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ލިބުނު އަނިޔާއާއި ގެއްލުމާ މެދު ޕޮލިސް ސާވިސްގެ ފަރާތުން ހަގީގަތުގައިވެސް އެ ކަމަނާ ހިތާމަ ކުރައްވާކަމަށެވެ. އަދި ފުލުހެއްގެ ގޮތުގައި ހުރެ ޑޭވިޑް ކެރިކް ވަނީ އޭނާގެ ޝިކާރައަކަށްވީ އަންހެނުންނަށް ބިރުދައްކައި އެމީހުން ހިމޭން ކުރުވާފައި ކަމަށް ވެސް ބާބަރާ ވިދާޅުވިއެވެ.

ރައްޔިތުން ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅެން ޖެހޭ ފުލުސް އޮފިސަރަކު އަހަރުތަކެއް ވާނދެން އަންހެނުން ރޭޕްކޮށް ޖިންސީ ގޯނާ ކުރި މައްސަލާގައި ބާބަރާ ގްރޭ ވަނީ އިނގިރޭސި ރައްޔިތުންނާއި ޚާއްޞަކޮށް ލަންޑަންގެ ރައްޔިތުންނާއި ޖިންސީ ޝިކާރައަކަށް ވެފައިވާ އަންހެނުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

ލަންޑަންގެ ލޯކަލް ނޫހެއް ކަމަށްވާ ”މެޓްރޯ“ އިން ބުނި ގޮތުގައި ޑިޓެކްޓިވް ޗީފް އިންސްޕެކްޓަރު އިއަން ވަނީ ޑޭވިޑްގެ ޝިކާރައަކަށް ވެފައިވާ އިތުރު މީހުން ޝަކުވާ ހުށަހަޅާނެ ކަމަށް ލަފާކުރައްވާފައެވެ.

ޑޭވިޑް ކެރިކް ކުށަށް އިއުތިރާފުވެފައިވާތީ، ޝަރީއަތް ވަރަށް އަވަހަށް ނިމި ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ނިޔާ އިއްވޭވަރު ވާނޭކަމަށް ލަފާކުރެވެއެވެ.

ޑޭވިޑް ކެރިކް 24 އަންހެނުން ރޭޕްކޮށް އެ މީހުންނަށް ޖިންސީ އެތައް އަނިޔާއެއް ކޮށްފައިވާކަމަށް އިއުތިރާފުވުމުން އިނގިރޭސިވިލާތުގެ އެންމެ ނުބައި ނުލަފާ ޖިންސީ ކުށްވެރިންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

މާރޗް 25, 2023
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

މާރޗް 25, 2023
ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

މާރޗް 25, 2023
ސޫރިޔާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އެމެރިކާއިން ދީފި

ސޫރިޔާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އެމެރިކާއިން ދީފި

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In