އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސޮމާލިޔާގެ 11 ސިފައިން މަރާލައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 18, 2023
ދުނިޔެ
0
ސޮމާލިޔާގެ 11 ސިފައިން މަރާލައިފި

ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގެ އުތުރުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ހަމަލާދީ، ސިފައިންގެ 11 މީހުން މަރައިލައިފިއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ އަލް ޝަބާބް ޖަމާޢަތެވެ.

މި ހަމަލާގައި އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ވެސް މަރައިލާފައިވާ ކަމުގައި، ސޮމާލިޔާގެ އަސްކަރިއްޔާއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާޢަތަކުން ބުންޏެވެ. އަލް ޝަބާބް ހަނގުރާމަވެރިންގެ ހަމަލާތައް ފަށާފައި ވަނީ އަސްކަރީ މަރުކަޒު ކައިރީގައި ކާރުބޮމެއް ގޮއްވައިލައިގެންނެވެ. އަދި، އެއަށްފަހު ހަނގުރާމަވެރިން ވަނީ އަސްކަރީ މަރުކަޒަށް ވަދެ، އެ ތަނުގައި ތިބި ސިފައިންނަށް ހަމަލާދީފައެވެ.

ހަނގުރާމަވެރިންގެ ހަމަލާތައް ހުއްޓުވަން ސިފައިން ކުރި މަސައްކަތުގައި އަލް ޝަބާބް ޖަމާޢަތުގެ ގިނަ ހަނގުރާމަވެރިންތަކެއް ވަނީ މަރައިލާފައެވެ. އަދި، ސިފައިންގެ އަތްދަށުން ވަގުތު ކޮޅަކަށް އަސްކަރީ މަރުކަޒުގެ ބާރު ގެއްލުނު ނަމަވެސް، އެ ތަން އަލުން ހިފާފައިވާ ކަމުގައި، އަސްކަރިއްޔާއާ ގުޅިފައިވާ ޖަމާޢަތްތަކުން ބުނެއެވެ.

މިއީ، އަލް ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން މި އަހަރުގެ ތެރޭގައި ދީފައިވާ މި ފަދަ ދެވަނަ ހަމަލާއެވެ. ޖަނަވަރީ 4 ވަނަ ދުވަހު ވެސް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ކާރުބޮޑުގެ ހަމަލާއެއްދީ، 19 މީހުން މަރައިލާފައެވެ. ދެ ކާރުބޮން ގޮއްވައިލައިގެން ދިން މި ހަމަލާގައި ސިފައިންނާއި ހަނގުރާމަވެރިންގެ އިތުރުން ޢާންމު ރައްޔިތުން ވެސް ހިމެނެއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ސޮމާލިޔާގެ އަސްކަރިއްޔާއާއި ގުޅިފައިވާ ހަނގުރާމަވެރި ޖަމާޢަތްތައް ގުޅިގެން އަލް ޝަބާބުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހުސްވި އަހަރުގެ ތެރޭގައި ވަނީ ކެމްޕޭނެއް ފަށާފައެވެ. އަދި، މި ކެމްޕޭނުގެ ދަށުން ސިފައިން ވަނީ، އަލްޝަބާބް ހަނގުރާމަވެރިން އަތްދަށުގައި އޮތް ސަރަޙައްދުތަކަށް ހަމަލާދެމުންނެވެ. މި ކަމުގެ ރައްދުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވެސް ދަނީ ޓެރެރިޒަމްގެ އަމަލުތައް ހިންގަމުންނެވެ.

އަލް ޝަބާބަކީ އަލް ޤައިދާއާ ގުޅުން އޮންނަ ޓެރެރިސްޓު ޖަމާޢަތެކެވެ. ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް އަލްޝަބާބް ޖަމާޢަތުން ހަނގުރާމަ ފަށާފައި ވަނީ 2007 ވަނަ އަހަރުއެވެ. އަދި، އެ ޖަމާޢަތުން ވަނީ އެ ޤައުމުގެ ހިރާންއޭ ކިޔާ ސަރަޙައްދުގެ ބޮޑު ސަރަޙައްދެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް، މިދިޔަ އަހަރު ސޮމާލިޔާ ސަރުކާރުން ސިފައިން ވަނީ، އެ ޖަމާޢަތުގެ އަތްދަށުން އެ ސަރަޙައްދު މިނިވަންކޮށްފައެވެ.

ރައީސް ޚަސަން ޝައިޚް މަޙްމޫދުގެ ސަރުކާރުން އަލް ޝަބާބާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ކެމްޕޭނުގައި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން އެފްރިކާގެ އިއްތިހާދުގެ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އަދި، އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ކެމްޕޭންގެ ދަށުން އަލް ޝަބާބްގެ އެތަކެއް ސަތޭކަ ހަނގުރާމަވެރިންނެއް މަރައިލާފައިވާނެ ކަމުގައި މަޙްމޫދުގެ ސަރުކާރުން ބުނެއެވެ.

ނަމަވެސް، އަލް ޝަބާބްގެ ހަނގުރާމަވެރިން ދޭތެރެދޭތެރެއިން ދަނީ ވަރުގަދަ ޓެރެރިސްޓް ހަމަލާތަކެއް ދެމުންނެވެ. މީގެ ތެރޭގައި ވެރިރަށް މޮގަދިޝޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ހޮޓާތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ފާހަގަކޮށްލެވެއެވެ. އަދި، ސޮމާލިޔާގެ ދާޚިލީ ހަނގުރާމައާއި އެ ޤައުމަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލް ޝަބާބްގެ ހަނގުރާމަވެރިން ދަނީ ހުރަސް އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މާރޗް 25, 2023
އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

މާރޗް 25, 2023
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

މާރޗް 25, 2023
ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In