އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށާއި، ލިވަޕޫލް ދޫކޮށްލާނީ މަޖުބޫރުވެގެން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ކްލޮޕް މިކަން ހާމަކޮށްފައިމިވަނީ ފަހަކަށް އައިސް ލިވަޕޫލުން ހޯދަމުންދާ ދައް ނަތީޖާ ތަކުގެ ސަބަބުން އެޓީމަށް އަމާޒުވަމުންދާ ފަޑުކިޔުންތަކާގުޅިގެން ވާހަކ ދައްކަމުންނެވެ. ލިވަޕޫލް މިވަގުތު އުޅެނީ ލިގުގެ 9 ވަނައިގައެވެ. ކްލޮޕް ހާމަކުރިގޮތުގައި ޓީމްގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކޯޗް ބަދަލުވާނީ ކަމަށާއި ނުވަތަ އެހެން ގިނަ ކަންތައްތަކެއް ރަނގަޅު ކުރާނީ ކަމަށެވެ.
އެހެންކަމުން ކޯޗް ބަދަލު ނުވާކަމަށްވާނަމަ ދެން އެހެންވީމާ ވިސްނަން ޖެހޭނީ ޓީމްގެ އެހެން ކަންތައްތަކެއް ބަދަލު ކުރުމަށްކަމަށެވެ. ނަމަވެސް އެކަންކަން ކުރާނީ މިއަންނަ ސީޒަނަށް ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ.
އެހެންކަމުން އެކަންކަމާމެދު ވިސްނަން ވަގުތު އެބައޮތް ކަމަށެވެ. ކްލަޮޕްގެ ވާހަކަ ހުރިގޮތުން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި އިތުރު ކުޅުންތެރިއެއް އެކްލަބުން ނުހޯދާނެއެވެ. ލިވަޕޫލުން މިފަހަރުވަނީ ނެދަލަންޑްސްގެ ޒުވާން ކުޅުންތެރިޔާ ކޯޑީ ގަކްޕޯ އެޓީމަށް ގެންގޮސްފައެވެ.
ލިވަޕޫލް އެންމެފަހުން ކުޅުނު މެޗްގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗުންވަނީ 3 ލަނޑު ސުންލަނޑުން ބަލިވެފައެވެ. އަދި އެއީ ވަރަށް ދައްކޮށް ކުޅުނު މެޗެއް ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ. ލިވަޕޫލް މާދަމާ ރޭ އެފް އޭ ކަޕްގެ ރީޕްލޭ މެޗެއްގައި ވުލްވްސްއާ ބައްދަލުކުރާނެއެވެ.