އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މެންބަރު ޢަބްދުލްޣަނީއަށް ފާޑުވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ޅ.އަތޮޅަށް ކުރެއްވ ދަތުރުފުޅުގައި ކުރެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފަޅީގައި ހުންނެވި މެންބަރަށް އަމާޒުކުރައްވައި ނަޝީދު ވިދާޅުވީ މެންބަރު ނުވަތަ ރަށާ ގުޅުންހުރި ކޮންމެ ވެސް ވަޒީރަކު ރައްޔިތުންނަށް ބިރުދައްކަވަމުން ގެންދަވާ ކަމަށެވެ.
”އޭނާގެ ފިކުރު އެހުރީ ގެއްލިފައި. މި ތަނުގެ މެންބަރު އެހުރީ ޕާޓީން ވަކިވެފައި. އެއަކު އެއްވެސް ޝައްކެއް ނެތް.“ ކަންކަން ރަނގަޅު މަގުން ގެންދަވާކަށް މެންބަރު ޢަބްދުލްޣަނީއަށް އަޚްލާޤީ މިންގަނޑެއް ނުހިފެއްޓެވުުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަޅުވެތިކޮށް ބިރުދައްކައި އުޅޭ އުޅުމަކުން އެމްޑީޕީއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި އެއީ އިންތިޚާބު ކާމިޔާބު ކުރެވޭނެ މަގެއް ވެސް ނޫން ކަމުގައެވެ.
ނަޝީދު ވިދާޅުވީ ބިރުދައްކައިގެން އުޅޭ އުޅުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައެވެ.