އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭނަށް އިތުރު ދެ އަތޮޅަކަށް މިއަދު ފެށްޓެވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިއަދު ވަޑައިގަތީ ކ.އަތޮޅާއި ޅ.އަތޮޅަށެވެ.
ރައީސް ނަޝީދު ފުރަތަމަ ވަޑައިގަތީ ކ.އަތޮޅުގެ ރަށްތަކަށެވެ. އެއަށްފަހު ޅ.އަތޮޅުގެ ރަށްތަކަށެވެ.
އޭގެތެރެއިން ގިނަ ރަށްރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ރައީސް ނަޝީދު ވަނީ އެ ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިހާރު ރާއްޖޭގެ ކަންކަން އޮތް ހާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުވަދު އަތޮޅަށެވެ. އެ ދަތުރުފުޅު އޮންނާނީ މި މަހުގެ 19 އިން 21 އަށެވެ.