ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމުގައި ހަމަޖައްސާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެއްވޭ ރިޔާސީ އިންތިޚާބެއްގެ ސައްހަކަން ގަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް ސަރުކާރުން ބާއްވަން އުޅޭ އިންތިޚާބަކީ އެއްވެސް އިންސާފުވެރި މިިނިވަން އިންތިޚާބެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ“
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވެ 11 އަހަރު ދުވަހަށް އެ މަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ މަހުގެ 25 ގައެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފައެވެ.
ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު އެކި ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތައް ކުށްވެރި ކުރައްވައި ހީނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ސައްހަކަން ކަށަވަރުވާނީ ރައީސް ޔާމީން ބައިވެރިކޮށްގެން ކަމުގައެވެ. އެހެންކަމުން އެ މަނިކުފާނަށް ވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު އޮންނަންޖެހޭ ކަމުގައި ހީނާ ވިދާޅުވިއެވެ.
މަޖާދޯ މިކަހަލަ ދެބޯބުރާންތިން މިތިބެނީ ތަރުޖަމާނުންނަށް
ޔާމީނު ދަރިނާރުކެނޑިފަހުރި ޚަބަރު އެބަލިބޭ މާގިނައިން އެއްވައްތަރު ޖިންސުލާތީ!
އެހެން ވީމަ މިފިރިހެންރިން ގެ އަނބިންނަށް ލިބޭދަރިންކޮޅު ސައްހަވާނެބާ? ހެހެހެ
Asthaa! Mihaaru justice akee heena ge bunaagotheh baa?