ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލުމުން އަންގައިދެނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އޮތް މިންވަރުކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވައިގެ މަގުން ރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ފުރަތަމަ ލަގެޖު (30 ކިލޯ) ގެއްލުނީ މި މަހުގެ 08 ވަނަ ދުވަހުގައެވެ. ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އިއްޔެ ވަނީ އިތުރު ލަގެޖެއް ގެއްލިފައެވެ.
މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެ މައި އެއާޕޯޓުގައި ހުއްޓާ ގެއްލިގެން ނުވާނެ ކަމަށެވެ. އަދި މިއީ ތަންފީޒީ އިދާރާތަކުގެ އިހުމާލު ކަމަށާއި މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”ޒުވާން ޖީލެއް މަސްތުގެ ވަބާގައި ނެތިދަނީ“ ނާޒިމް ވިދާޅުވިއެވެ.
މިއީ ތަންފީޒީ އިދާރާތަކުގެ އިހުމާލުކަމަށް ނާޒިމް ވިދާޅުވިއިރު އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާއެއް ވެސް ނެތެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟް ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
Ihimaaleh noon e ee ekamugaibaiverivun