ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިިފިއެވެ.
އޭގެތެރެއިން ފުރަތަމަ ލަގެޖު ގެއްލުނީ މި މަހުގެ 08 ގައެވެ. އަނެއް ލަގެޖު ގެއްލިފައިވަނީ އިއްޔެގައެވެ. އެނގިފައިވާ ގޮތުން ފުރަތަމަ ގެއްލުނު ފޮށީގައި ފޮށީގެ ބަރުދަނާއެކު 30 ކިލޯ ހުއްޓެވެ.
މިހާތަނަށް ފުލުހުން ހާމަކުރީ ފުރަތަމަ ފޮށީގެ މަޢުލޫމާތެވެ. ފުލުހުން މިއަދު ބުނީ ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ކަސްޓަމްސްއިން އެ މީހާ ފުލުުހުންނާ ހަވާލުކުރި ނަމަވެސް ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ނޭނގޭކަމަށް އޭނާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައެއް ނުވެއެވެ. އަދި އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހެކި ނެތިގެން ޕާކިސްތާނު މީހާ ދޫކޮށްލާފައިވާ ކަމަށާއި އޭނާ ދޫކޮށްލި ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އިންތިޚާބަށް ދޫދީފައި އެއޮތީ. ރަނގަޅު ޗޮއިސް އަކަށް މިކަން ވާނެބާ!
Camera nei kan engey bayaku thikan kuraanee