ދެ ރަށެއްގެ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ރަސްދުއާއި އޮމަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.
އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރީ 72,322,592.58 ރުފިޔާއަށެވެ. އެއީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކުރީ 86،880،878.10 ރުފިޔާއަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެއިތުރުން ރ.ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ވެސް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެއީ 14،527،026.60 ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.