ޢުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދޭން ފެށީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހެޔޮފުޅުކަމަކުން ނޫންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ މުސްކުޅިންނަށް 2000 ރުފިޔާގެ ޕެންޝަނެއް ދޭން ފެށީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޕެންޝަން ބިލު މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް އެ ފައިސާ ދިނުމަށް ނިންމައި އެ އިސްލާހު މަޖިލީހުން ފާސްކޮށް ޤާނޫނަކަށްވީ ހިސާބުން ކަމަށެވެ.
”އެއީ މުޙައްމަދު ނަޝީދުގެ ހެޔޮފުޅުކަމުން މުސްކުޅިންނަށް ދެއްވި އެއްޗެއް ނޫން.“
ޝަރީފް ވިދާޅުވީ މި ސަރުކާރުން ޕެންޝަންގެ ޤާނޫނަށް އިސްލާހު ހުށަހަޅައި މުސްކުޅިންނަށް 5000 ދެމުންދާއިރު ރައީސް ޔާމީންގެ ސަރުކާރުގައި 5000 ދިނީ ޤާނޫނުން ބޭރުން ކަމަށެވެ.
މީގެ އިތުރުން ފޮތް ފަންސުރުފަދަ ތަކެތި ދަރިވަރުންނަށް ހިލޭ ދޭން ފެށުނީ ވެސް މައުމޫނުގެ ވެރިކަމުގައި ކަމަށާއި އެކަން މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަން އެބައޮތްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރުން ޕެންޝަންގެ ޤާނޫނަށް އިސްލާހު ހުށަހަޅައި މުސްކުޅިންނަށް 5000 ދެމުންދާއިރު ރައީސް ޔާމީންގެ ސަރުކާރުގައި 5000 ދިނީ ޤާނޫނުން ބޭރުން ކަމަށެވެ.