އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އެ މަސައްކަތް ހަވާލުކުރީ ޑުޕްލެކްސް ކުންފުންޏާއެވެ.
މި މަޝްރޫޢުއަށް ފައިނޭންސް ކުރަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.
18 މަސް ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުއަށް 123,303,792 ރުފިޔާ ހޭދަވާނެއެވެ.
މިއީ އެކޮމަޑޭޝަން ބިލްޑިންގ އަކާއި ސަރވިސް ބިލްޑިންގއެއް ހިމޭނެ ގޮތަށް ޢިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލެކެވެ.