އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނު ފަހުން މި ވެރިކަން އައުމާ ދެމެދު ވޭތުވެދިޔަ ހަތް އަހަރުގެ އަނިޔާވެރިކަމާއި ބިރުވެރިކަން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.
ޝައުނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ބޭނުން ކުރައްވާ ”އިބޫ2023“ އާއި ”އެމްޑީޕީ ކުރިއަށް“ ހޭޝްޓެގް ބޭނުންކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
2012 ގައި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވީ އެ މަނިކުފާނުގެ ނައިބު ޑރ.މުޙައްމަދު ވަޙީދެވެ. އެ ދައުރު ނިމުމަށްފަހު ދެން އައި ފަސް އަހަރު ވެރިކަން ކުރެއްވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ.
ޝައުނާ ވިދާޅުވީ 2012-2018 ދެމެދުގައި ހިނގި މުއްދަތުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަމަށެވެ. އެކަން އެހެން އޮއްވާ މި ސަރުކާރު ގެނެވުނީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ކަމަށް ވެސް ޝައުނާ ފާހަގަކުރެއްވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ތަންފީޒުކުރަމުންދާ ތަރައްޤީގެ ތަސައްވުރާއި ދެމެހެއްޓެނިވި ބަދަލު ކަށަވަރު ކުރެވޭނީ އެމްޑީޕީ ހުއްޓި ނުތިބެ ކުރިއަށް ގޮސްގެން ކަމަށެވެ.
ތި ދެން ކޮންކަމެއް. އެމްޑީޕީ ފެއިލް ވެއްޖޭ. މަޖިލިސް ދެވިއްޖެ ކައުސިލް ދެވިއްޖެ ރައީސްކަން ދެވިއްޖެ. ދެތިން ވަޒީރުން އެހެން ޕާޓީއެއްގަ ތިބިޔަސް މި ބޮޑު ލަދު ފޮރުވޭނެތަ، ދެރައީސުން ގެ ދެބޯގެރި ދުއްވުމަކުން.
ރައިސް ޔާމީން ވެރިކަމުގަ ރަތްޔިތުން ތިބީ ވަރައް އުފަލުން ކަމައް ވަރައް ގިނަމީހުން ބުނަމުންދޭ އެއީ ގައުމުގެ މަސަަތްކައްތައް ރަތްޔިތުންނަ ލިބޭ ގިނަ ޕްރޮޖެޑް ތަކުން އާދައިގެ ރަތްޔިތުން ނައް މަސަތްކަތް ލިބޭތީ ކަމައް ގިނަމީހުން ބުނާނީ. ބުރުވެރި ކަމެއްގަ ތިބީ ސިޔާސީ ވެރިން ކީއްވެގެން ބަޤާވަތް ކުރެން އުޅޭތީ ސަރުކާރު ވައްޓާލަން އުޅޭތީ ރަތްޔިތުން ނަކައް ނެތް ބިރުވެރި ކަމެއް ސިޔާސީ މީހުންނައް އޮތީ ސަރުކާރު ވައްޓާލަން އުޅޭތި ކަމައް ގިނަމީހުން ބުނަނީ