އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުތުރުގެ ބައެއް އަތޮޅުތަކަށް މިއަދު ދަތުރު ފަށްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް މިހާރު ވަނީ ހޯރަފުށްޓަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ބޮޑުތިލަދުންމައްޗާއި ށ.އަތޮޅުގެ ރަށްތަކަށް ރައީސް ވަޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ޞާލިޙް އެންމެ ފަހުން ވަޑައިގަތީ އައްޑޫ ސިޓީއަށެވެ. އެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވީ އާދިއްތަ ދުވަހުގެރޭގައެވެ.
ރައީސް ޞާލިޙް މިއަދު ކެމްޕޭން ދަތުރުފުޅު ފަށްޓަވާފައިވާއިރު ވާދަވެރިޔާ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ދެ އަތޮޅަކަށް ދަތުރުފުޅު ފަށްޓަވައިފައެވެ. އެ މަނިކުފާނު މިފަަހަރު ވަޑައިގަންނެވުމަށް ހަމަޖެހިފައިވަނީ ކ.އަތޮޅާއި މ.އަތޮޅަށެވެ.