ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާ ރާކީ ސާވަންތު ދެވަނަ ކައިވެންޏެއް ކުރުމާ ގުޅިގެން އަނެއްކާވެސް އޭނާގެ ނަން ސުރުޚީތަކަށް އަރަން ފަށައިފިއެވެ. މި ފަހަރު އޭނާގެ ނަން ސުރުޚީތަކުގައި އަޅަމުން ދަނީ އޭނާ އިސްލާމް ދީން އިޚުތިޔާރު ކުރުމާ ގުޅިގެން ވެސް މެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާކީ ސާވަންތު (ފާޠިމާ) ވަނީ އޭނާ އިސްލާމްވުމާ ގުޅޭ ގޮތުން މައުލޫމާތުދީ ވާހަކަދައްކާފައެވެ. އޭނާ ބުނިގޮތުގައި އެއީ އޭނާ، އަމިއްލަ އިޚުތިޔާރުގައި ކުރިކަމެކެވެ. ވަކި ބައެއްގެ އެދުމަކަށް ކުރިކަމެއް ނޫނެވެ.
ރާކީ ސާވަންތު، ޢަދީލް ޚާން ދުއްރާނީއާ ކައިވެނި ކުރިކަން ޔަގީންކޮށްދިނުމުގެ ގޮތުން ކައިވެނީގެ ސެޓްފިކެޓާއި ފޮޓޯތައް ހިމެނޭ ގޮތަށް ކައިވެނީގެ ހެކިތައް މީޑިއާއަށް ވަނީ ހުށަހަޅާފައެވެ.
ރާކީ ސާވަންތާއި ޢަދީލް ޚާން ދުއްރާނީގެ ކައިވެންޏާ ބެހޭގޮތުން ތަފާތު ވާހަކަތައް ފެތުރުނުކަމަށް ވިޔަސް އެ މައްސަލައާ ގުޅޭ ގޮތުން ޢަދީލް ވާހަކަދައްކާފައެއް ނުވެއެވެ. އޭނާ ހުރީ ހިމޭނުންނެވެ.

އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަމުން ރާކީ ސާވަންތު ވަނީ އޭނާ އިސްލާމް ދީން ޚިޔާރުކުރީ އިންޑިއާގެ ޠާލިބާނުންގެ ޕްރެޝަރާ ހެދިކަމަށް ފެތުރިފައިވާ ވާހަކަވެސް ދޮގުކޮށްފައެވެ. އޭނާ ބުނިގޮތުގައި އެއީ އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އޭނާ އިސްލާމް ދީން އިޚުތިޔާރު ކުރީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ.
ތިމަން އިސްލާމް ދީން ގަބޫލުކޮށްފީމޭ ތިމަންމީ އިސްލާމެކޭ ބުންޏަކަސް އިސްލާމަކަށް ނުވާނެ އިސްލާމްކަމުގެ ރުކުންތައް ގަބޫލުކޮށް އެއަށް އަމަލް ނުކުރާހާ ހިދަކު