ވެރިޔަކަށް ހުންނަ މީހަކީ ”ދެ މީހަކު އެއްވެލާއިރަށް ބަނޑޭރިގޭ ތެރެއަށްވަދެ ހަޅޭފަޅޭއްލައްވައި، ވާނުވާ ނޭނގި ހިނދުކޮޅު އައިސްގެން އުޅޭ މީހަކަށް ވެގެން ނުވާނެކަމަށް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު މިއަދު ވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ވަރަށް އިންޓަލެކްޗުއަލް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީނަކީ ވަރަށް އެކަޑެމިކް ބޭފުޅެއް ކަމަށާއި އެއީ ތަންދޮރު ދަންނަ ވިޝަނެއް އޮތް ބޭފުޅެއްކަމަށް ވިދާޅުވެ ތަޢުރީފު ވެސް ކުރެއްވިއެވެ.
އެކަމާ ގުޅިގެން އިޔާޟް މިރޭ ވިދާޅުވީ މީހެއްގެ ކިބައިގާ ޢިލްމާއި ހުނަރު ހުރުން އެއީ ވެރިކަމަށް ކުފޫހަމަވުމެއް ނޫން ކަމަށެވެ. އަދި ވެރިޔަކަށް ހުންނަ މީހަކީ ތަފާތު ޚިޔާލުތަކުގެ މީހުން ގޮވައިގެން އުޅެން ދަންނަ މީހަކު ކަމުގައިވާންޖެހޭ ކަމަށް ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އިޔާޟް ވިދާޅުވިއެވެ.
”އިދިކޮޅު ޚިޔާލުތަކުގެ އަޑު އެހުމުގެ ޤާބިލުކަން ހުންނަން ޖެހޭ. ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރާ ފަރާތަކަށް ވާންޖެހޭ.“
ނަޝީދަށް ޢިޝާރަތްކުރައްވަމުން އިޔާޟް އިތުރަށް ވިދާޅުވީ ވެރިޔަކަށް ހުންނަ މީހާއަކީ ދެ މީހަކު އެއްވެލާއިރަށް ބަނޑޭރިގޭ ތެރެއަށްވަދެ ހަޅޭފަޅޭއްލައްވައި ވާނުވާ ނޭނގި ހިނދުކޮޅު އައިސްގެން އުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
Iyaaz men kahala beyfulhun rangalhy athirimatheegai sahlaakurun