ބައެއް ބޭފުޅުން އުޑުން ތަރި ބޭލުވިޔަސް އެއީ ބިލާހެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއާއިގެން ކުރިއަށްވަޑައިގަންނަވާނެ ލީޑަރަކަށް ހުންނެވީ ހަމައެކަނި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިރޭ ވިދާޅުވީ އިގުތިސާދު ފުން ވަޅުގަނޑަކަށް ވައްޓާނުލައި ދެމެހެއްޓެނިވި ތަރައްޤީއާއިގެން ކުރިއަށްވަޑައިގަންނަވާނެ ލީޑަރަކަށް ފެންނަން ހުންނެވީ ހަމައެކަނި ރައީސް ޞާލިޙް ކަމަށެވެ.
”އުޑުން ތަރި ބައެއް ބޭފުޅުން ބޭލުވިޔަސް އެއީ ބިލާހެއް.“ ޙަޤީޤަތެއް ނެތް ހުވަފެން ދައްކާ ލީޑަރުންނާމެދު ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުމަކީ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް އެކަން ޙަޤީޤަތަކަށް ހައްދަވައިދެއްވީ ރައީސް ޞާލިޙް ކަމަށެވެ.