ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަދަމުންދާ މަގުތަކުގައި ހިނގާފައި ގޮސް ސަރުކާރަށް ކަމެއް ނުކުރެވެއޭ ބުނުމުކީ ލަދުވެތިކަމެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު (މޫކޭ) މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު އެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދުގެ ޓީމުން އަންނަނީ މި ސަރުކާރަށް ކަމެއް ކުރެވިފައިނުވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އެ ގޮތުން މޫކޭ ވިދާޅުވީ ރައީސް ޞާލިޙް ތަޢާރަފުކުރި އާރްޓީއެލް ފެރީގައި ދަތުރުކޮށް، މި ސަރުކާރުން ހަދާ ބަނދަރުތަކަށް ފައިބައި ސަރުކާރުން ހަދަމުންދާ މަގުތަކުގައި ހިނގާފައި ގޮސް ރައީސް ޞާލިޙަށް ކަމެއް ނުކުރެއްވެއޭ ބުނީމާ އެއީ ލަދުވެތި ކަމެއް ކަމަށެވެ.
”އިބޫ ތަޢާރަފު ކުރި އާރްޓީއެލް ފެރީގައި، އިބޫ އެޅި ބަނދަރަށް ފައިބައިގެން، އިބޫ ހަދަމުން ދާ މަގުގައި ހިނގާފައ ގޮސް، އިބޫ ޤާއިމުކުރި ނަރުދަމާ އިން ބޭރުކޮށްލާފައި، އިބޫ އެޅި ފެނުގެ ނިޒާމުން މޫނު ދޮވެ ލައިގެން ނުކުމެ އިބޫ އެޅި ސްކޫލް ހޯލަށް ގޮސް ކަމެއް ނުވެއޭ ބުނީމަ ލަދުދޯ.“
މޫކޭ މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ހުރިހާ މަޝްރޫޢުއެއް ވެސް ”އަންނަނީ އަންނަނީ އަންނަނީ“ ކަމަށާއި ނިމޭ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
Kokko Ee rayuithuge faisa Ibu faisaa eh noon ehgy