އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ޢާންމުކޮށްފިއެވެ.
އެމްޑީޕީން މިރޭ ކުރި އިއުލާނަކާއެކު ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ މަރުކަޒުތައް އާންމުކޮށްފައެވެ.
ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން މިރޭ ވަނީ ޕްރައިމަރީ މޮނިޓާ ކުރަން ބޭނުންވާ މީޑިއާތަަކަށް ވެސް ފުރުސަތު ހުޅުވާލައިފައެވެ.
ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއް ބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން ދެ ބޭފުޅުންނަށެވެ.