ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެެވެ.
“މަގާމަށް އެދި ހުށަހަޅުއްވާނީ 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް“ ޖޭއެސްސީން ބުންޏެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސަސީ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 54300 ރުފިޔާ ލިބޭނެއެވެ.
އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 36000 ރުފިޔާއާއި ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ އެވެ. އަދި މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.