ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަރަށް ކަމުގޮސްފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 16, 2023
ޚަބަރު
0
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަރަށް ކަމުގޮސްފި

ދިވެހިންނަކީ މެހެމާންދާރީގައި ދުނިޔޭގައި ނަމޫނާއަކަށް ބަލާ ޤައުމެކެވެ. މިއީ ހަޤީގަތެއްކަން ދިވެހިން ވަނީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުން ސާބިތުކޮށްދީފައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ތިން އަހަރު ހޯދޭނީ ގައިމުވެސް ރަނގަޅު މެހެމާންދާރީއެއް އަދާކޮށްގެންނެވެ. މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްވެސް، ރާއްޖޭގެ މެހުމާންދާރީގެ ވާހަކަދައްކައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުވެސް އެކަން ފާހަގަކުރައްވާނީ ރާއްޖޭގެ މެހުމާންދާރީ ފުރިހަމަކަމުންނެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގަތުމަށްފަހު މަޑުކުރައްވައިގެން ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެން، ކުރެވުނު ތަޖުރިބާ އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ވަނީ ހިއްސާކުރައްވާފައެވެ.

ޕޯސްޓުގެ ކެޕްޝަނުން ފެށިގެން އެމަނިކުފާނުގެ ޕޯސްޓަށް ކޮމެންޓުކުރި ފަރާތްތަކަށް ރިޕްލައި ދެއްވަމުންވެސް ދެއްކެވީ ރާއްޖޭގެ ހިތްގައިމުކަމާއި، މެހެމާންދާރީގެ ފުރިހަމަކަމުގެ ވާހަކައެވެ. އެއާއެކު ކެމްބޯޑިއާގެ ގިނަ ބަޔަކުވެސް ވަނީ އެމަނިކުފާނު ސިފަކުރެއްވި ތަޖުރިބާތައްކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރެއްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ބަޔާނުގައިވެސް ވަނީ ރާއްޖޭގެ ހިތްގައިމުކަމާއި، މެހުމާންދާރީގެ ފުރިހަމަކަމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެގޮތުން، ހުން ސެން ރާއްޖެ ސިފަކުރެއްވީ އިންޑިއާ ކަނޑުގައި އޮންނަ ”މިރެކަލް“ އެއްގެ ގޮތުގައެވެ.

ހުން ސެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދަރިންނާއި، ދައްތަގެ ދަރިންނާއި އާއިލާގެ އެހެން މެންބަރުންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި އެމަނިކުފާނަކީ އެއާއިލާގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރެވުނު ފަހު ފަރާތްކަމަށް ފާހަގަކުރައްވަމުން ހުން ސެން ވިދާޅުވީ ރާއްޖެއަކީ އެއާއިލާގެ މެދުގައި މަޤުބޫލުކަން ހޯދަައިފައިވާ ތަނެއްކަމަށެވެ.

ރާއްޖެއާއި ކެމްބޯޑިއާ އިޤްތިޞާދުގެ މައި ސިނާޢަތަކީ ފަތުރުވެރިކަމެވެ. އެހެންކަމުން، ދެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ހުން ސެންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހުން ސެން ވިދާޅުވީ ދެ ޤައުމަކީ ތަޤާފީ ގޮތުން ވަރަށް ތަފާތު ދެ ޤައުމެއްކަމަށެވެ.

އެހެންކަމުން، މިފަދަ ތަޖުރިބާކުރުމަށް ރާއްޖެއިން ކެމްބޯޑިއާއަށް އަދި ކެމްބޯޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ މިއަދު އިތުރު ތަޢާރަފަކަށް ބޭނުންވާނެ މަންޒިލެއް ނޫނެވެ. ފަތުރުވެރިކަމަށް 50 އަހަރު ފުރިފާވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައިއެވެ.

އެގޮތުން، ރާއްޖެއިން ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ”ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން“ގެ ލަޤްބު ޖެހިޖެހިގެން 3 ފަހަރު ހޯދާފައިއެވެ.

ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. އަދި މިފެށުނު 2023 ވަނަ އަހަރު ނިމޭއިރު، 8.2 އިންސައްތައިން ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރައްވާފައެވެ. ނިމުނު 2022 ވަނަ އަހަރު ވަނީ ފަތުރުވެރިކަމުގެ އަމާޒުކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުވެސް ހާސިލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

އުއްޗުގެ ތާއީދު ރައީސަށް!

އުއްޗުގެ ތާއީދު ރައީސަށް!

އޭޕްރިލް 1, 2023
ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In