ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ ފެބްރުއަރީމަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 09:00 އަށް އެޖެންޑާކޮށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.
އެ ޖަލްސާގައި އޮންނާނީ ހަމައެކަނި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. މަޖިލީހުގެ މަސައްކަތްތައް ފަށާނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ވެސް އިއްވަވަންޖެހޭ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް އޮންނަނީ ކަނޑައަޅައިފައެވެ.
Anekkaa miaharu konfadha koheh govaane baaa.!!