އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވިއްޖެނަމަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މީދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވިއްޖެނަމަ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންނަށް މި ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ދެވަނަ ބުރަކަށް ރިޔާސީ އިންތިޚާބުގައި ދާންޖެހޭ ސަބަބެއް. އޭގެކުރިން އަޅުގަނޑުމެންނަށް މިކަން ނިންމައިލެވޭނެ.“
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙަށް ޓިކެޓު ލިބިވަޑައިގެންފިނަމަ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި އެކަން ކާމިޔާބު ކުރެވޭނީ އެ މަނިކުފާނު ޕްރައިމަރީގައި ހޮވައިގެން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ.