ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީ ކުރަހާ ފުރިހަމަ ތަސްވީރަކީ ބުއްދިވެރިއަކަށް އެއިން ފިލާވަޅު ލިބޭނެ ރީތި މަންޒަރެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދެވަނައަށް އެންމެ ދޮށީ ޕާޓީ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި އަދާލަތު ކުރަހާ ފުރިހަމަ ތަސްވީރަކީ ބުއްދިވެރިއަކަށް އެއިން ފިލާވަޅު ލިބޭނެ ރީތި މަންޒަރެއް ކަމަށާއި އެއްބަޔަކަށް އެ މަންޒަރު ފެންނަނީ އެކިފަހަރު އެކިގޮތަށް އެއިރަކު ބަލަން ބޭނުންވާ ގޮތަކަށް ކަމަށެވެ.
ނަޒީރުގެ ޓުވީޓާ ގުޅިގެން ޢަދާލަތުގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ބަޔަކު ރުހުނަސް ނުރުހުނަސް ޢަދާލަތު އޭގެ ގޮތުގައި ކުރިޔަށްދާނެ ކަމަށެވެ.
އަދި ޢަދާލަތުގެ އެއް މުއައްސިސަކު ވަރަށް ގިނައިން ޖަލްސާތަކުގައި ”ޢަދާލަތުން ކުޅެނީ ރެފްރީއެއްގެ ރޯލޭ“ ވިދާޅުވާ ކަމަށާއި ރަނގަޅު ކަންތައް ރަނގަޅު ކަމެއްގެ ގޮތުގައި އަދި ގޯސް ކަންތައް ގޯހެއްކަން ބުނެދިނުގައި ޢަދާލަތުން ފަހަކަށް ނުޖެހޭނެ ކަމަށެވެ.
ތަސްވީރު ކުރަހައިގެން ދުޅަވެ.. ޤައުމުގެ ރައްޔިތުންނަށް މީގެން ދުވަހަކު ނުޖެހޭހާ ތުރާ ޖައްސާ އެބަ.. އިޔާޒު ،އިމްރާންެމެން ކަހަލަ ޒާތީހަސަދަ އޮންނަ މީސްމީހުން ދިނީ އިލްމުވެރިންގޮތުގައި ކައުންޓެއްނުކުރަން.. ދީނީ ޢިލްމުވެރިން އެއްވެސް ކަމެއްގައި އެއްވެސް މީހަކާ ޒާތީއެއްނުވާނެ.