މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމުގައި ހުންނެވި ޢަބްދުﷲ ފަލާޙް ޝަރީފް އިސްތިއުފާދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ކެމްޕޭން ކޮށްދެއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ.ފުލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ފަލާޙަށް ޝުކުރު އަދާކުރައްވައިފައެވެ.
އޭގެއިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަނިކުފާނުގެ އަތުގައި ހިފުމަށް ވެސް ނަޝީދު ގޮވާލެއްވިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމަށް ފަލާޙް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އޭނާއަކީ ފުވައްމުލަކުގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.