ވެރިއެއްގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް ކަމަށާއި އެއީ އަޅުވެތިކަންކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ވ.ފުލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ތަރައްޤީ ގުޅިފައި އޮންނަނީ ވަޒީރު ބޭފުޅަކު ވިދާޅުވި ގޮތެއް ހަދައި އުޅުމުންކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
”އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ރަށު ތަރައްޤީ ގުޅިފަ އޮންނަނީ ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާއި އެބޭފުޅާއަށް ބާޒާރުކޮށްލަދިނުމޭ. އެ ބޭފުޅާއަށް ދަރިން ގޮވައިގެން ސްކޫލަށް ގެންގޮސްދީ އެ ގޭ ވަޅުދިޔަ ހިއްކައިދީ މަތިވަޑާންގަނޑު ވެސް ހަދާލަ ދިނީމައޭ ރަށު ތަރައްޤީއަކީ. އެއީ ވަރަށް ބޮޑު ކުށްހީއެއް. ވެެރިއެއްގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް. އެއީ އަޅުވެތިކަން. ތިބޭފުޅުން މިހާތަނަށް ތި ހޯއްދަވާފައިވާ ކާމިޔާބު ހޯއްދަވާފައި ތިވަނީ ތިބޭފުޅުންގެ ހިތްވަރުން. ތިބޭފުޅުންގެ ޖޯޝުން. ތިބޭފުޅުންގެ މަސައްކަތުން. އެއީ އަޅުގަނޑުމެން ވެރިންނަށް ދީލާލައިގެން ހޯދާފައިވާ ކާމިޔާބީ.“
މީގެއިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕއަކީ މި ރާއްޖެ ބަދަލުކުރި ޕާޓީ ކަމަށާއި ރާއްޖެ ބަދަލުކުރި ދަތުރަކީ އެންމެން އެތައް ދުވަހަކު ކުރި ބުރަ، ވަރުގަދަ، ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އަދި ނަތީޖާ ނެރެވުނީ ބިރުފަހަނައަޅައި ގޮސް ކުރި މަސައްކަތުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މިކަލޭގެ މިއުޅެނީ ހާދަ ފަހަތުގައޭ…. މިހާރު ބާޒާރުން މަސްގަތުމާ ވަޅުދިޔަ ހިއްކުމާ މަތިވަޑާން ހެދުމާ މީ މިޒަމާނާ ގުޅޭވެސް ވާހަކަތަކެއްނޫން…. މިއަށްވުރެ ޒަމާން ތަރައްޤީ ވެއްޖެ.
ތިމަންނަ އަށް ވެރިކަން ލިބުނީމަ ތައްޕާހުން ތެޅޭ މީހުންނަކީ ވެސް ވާނީ އަޅުންނަށް. އެހެންވެތާ އަޅުމިނިސްޓަރުންނަށް ހަމަ އަންގާލީމަ އެންމެން އެކީ އިސްތިއުފާދިނީ.. އަދި ކަނޑަށް ޢެރޭށޭ ބުނީމަ ފަތަން ނޭގޭ ޙާލުގަވެސް ކަނޑަށްވެސް އެރުނީ….. ކިޔޭ ނުކިޔޭ ޥެސް މިރނޑި އަށް ނޭނގޭ އުތަ!
ކަލެއަށް ވެރިކަން ލިބުނީމަވެސް ވާނީ ހަމަ އެހެނެއްނޫންތޭ!!!