”ސްމައިލް އޮން“ ގެ ނަމުގައި މާލޭ ސަރަހައްދު ސްކޫލުތަކުގައި މިއަދު ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަން ފާހަގަކުރުމަށްޓަކައި ދަރިވަރުން އިސް ނަގައިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މި ކެމްޕޭނުގައި މިފަދަ މާހައުލެއް ގާއިމުކުރުމަށްޓަކައި ދުވަހީ ތާވަލުގެ ތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ހިންގޭނެއެވެ.
ކެމްޕޭނުގެ ސަބަބުން ސްކޫލުގައި ފައްސި މާހައުލެއް ގާއިމުކުރެވި އެކަކު އަނެކަކަށް އިހުތިރާމުކުރާ އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލު މުޖުތަމަޢުއެއް ގާއިމުވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.