އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު 09 ގައި ރިޔާސީ އިންތިޚާބު ބާއްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން ވިދާޅުވީ މިފަހަރުގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށެވެ.
ޢަދާލަތަކީ މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީއެވެ. އެ ކޯލިޝަނުގައި ހިމެނެނީ އެމްޑީޕީގެ އިތުރުން ޢަދާލަތާއި ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްއެވެ. މި ހުރިހައި ޕާޓީތައް ވެސް މިއަދާ ހަމައަށް ތިބީ ކޯލިޝަނުގައެވެ.
Kaley hey buhdhi filaa dhiyaeethi Kaley thie adhaalathuge halaaku. Aa aharu fahaga kuran sho beyveeuru kaley koba. Kurevunu kameh beh. Munjey nukiyaa gos amila rashuga ove bala. Thie bahaa amalaa dhimaanuvaa meehun. Thie muzaharraga live TV ga dhogu heki dhin meehaa.