ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފުލުހުންގެ އެންމެ އިސް ވާޖިބަކީ، ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރުން: ރައީސް ޞާލިޙު

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޖެނުއަރީ 15, 2023
ޚަބަރު
0
ފުލުހުންގެ އެންމެ އިސް ވާޖިބަކީ، ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރުން: ރައީސް ޞާލިޙު

ދިވެހި ފުލުހުންގެ އެންމެ އިސް ވާޖިބަކީ، ރައްޔިތުން ޙިމާޔަތްކުރުމާއި ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

   އައްޑޫ ސިޓީގައި ހުންނަ ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު ޒިންމާއަކީ، ގައުމެއްގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުންކަމަށެވެ.

”ތިޔަ ފުލުހުން ފުރިހަމަކުރި ތަމްރީނުތަކުގައި، ފުލުހުންގެ ކިބައިގައި ހުންނަންޖެހޭނެ އަޚްލާޤީ ސިފަތަކާއި، އަބަދުމެ ސާބިތުވެ ތިބެންޖެހޭނެ ސުލޫކީ މިންގަނޑުތައް، ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީފައިވާނެ. ތަމްރީނުތަކުގައި އުނގަންނައިދިން އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތިޔަ ހުރިހާ ޒުވާނުންވެސް ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި އަދާކުރާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.“ ރައީސް ޞާލިޙު ވިދާޅުވިއެވެ. ”ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައި. ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް އެބަހުރި. އެއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށްދިނުން. އެ އުންމީދު ޙަޤީޤަތަކަށް ހަދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފުލުހުންނަށް ދެވޭ ތަމްރީނުތައް. އެ ސަބަބަށްޓަކައި، ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.“

ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށްވާތީ، ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުން ކަމަށާއި ފުލުހުންގެ ކޮންމެ އޮފިސަރަކީވެސް، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށް ވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވިގޮތުގައި ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަދެއެވެ. އަދި އެއްގަމާއި ކަނޑު އުޅަނދުފަހަރު ހޯދައިދިނުމަށް ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

”ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.“ ރައީސް ވިދާޅުވިއެވެ. ”ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް. އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން.“

ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ފުރިހަމަކުރި ދެ ޖިންސްގެ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު މިސްދާދު މީޝާޤްއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ފުލުހުންގެ ޚިދުމަތް ދެވޭނީ، ކޮންމެ މުޖުތަމަޢެއްގައި ވެސް ހުރި، އެ ބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ޙައްލުކުރުމަށް އަމާޒު ހިފައިގެންނެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ދައުލަތުގެ ބައެއް ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ފުލުހުންގެ ބައެއް އިސް ބޭފުޅުންނާއި އަތޮޅުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

މާރޗް 24, 2023
އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In