ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ށ.ފޯކައިދޫ ސްކޫލުގެ ޓީޗަރުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޑްރަގް މައްސަލައެއްގައި ފޯކައިދޫން ދެ މީހަކު ހައްޔަރުކުރިއިރު, އެނގިފައިވާ ގޮތުން އޭގެތެރެއިން އެކަކަކީ އެ ރަށު ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޢުމުރުން 47 އަހަރުގެ ފިރިހެނެކެވެ.
ދެން ހައްޔަރުކުރީ 20 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ ޑްރަގް ބޭނުންކުރުމާއި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
އެ ދެ މީހުންގެ ބަންދަށް އިއްޔެ ކޯޓުން 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.