ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. ކެންޕޭނު ކުރުމުގެ ފުރުސަތު އޮންނާނީ އޮގަސްޓު 10 އިން ސެޕްޓެމްބަރު 7 އަށެވެ.