ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް މިއަދު މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު އެކި ދާއިރާތަކުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާނެއެވެ.