ފައިގަތަޅާ ފޯރީގެ ނަމުގައި ބާއްވާ ފައިގެތަޅާ މުބާރާތުގެ ދެވަނަ މުބާރާތް ބާއްވަން ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ޔުނިކްސް ސްޕޯޓިންގ އާއި ކްރޮސްއޯވަރ އިވެންޓްސް ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން ޕްރެކްޓިސް ކުރުމަށްޓަކައި ޓީމްތަކަށް ޕިޗް، ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ދޫކުރެވޭނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ޓީމް ތަކުން 12 ކުޅުނަތެރިންގެ ޓީމް ހަދައިގެން ބައިވެރި ވުމުގެ ފުރުސަތުވަނީ މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ. މުބާރާތުގެ ދެ ޖިންސުގެ ޗެމްފިއަންކަން ހޯދާ ޓީމަކަށް ފަނަރަހާސް ރުފިޔާ ލިބޭއިރު ދެވަނަ ޓީމަކަށް 7000ރ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ދެބައި އެއްކޮށް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ގައެވެ. މުބާރާތުގެ މެޗްތައް ކުޅޭނީ ހަވީރާއި ރޭގަނޑުއެވެ.