ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޔަހޫދީންގެ އައު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަނީ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 15, 2023
ދުނިޔެ
0
ޔަހޫދީންގެ އައު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަނީ

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އަޅުވެތިކަން އިތުރުކުރަން ޔަހޫދީންގެ އައު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ފަލަސްޠީނާއި އިސްރާޢީލުގެ ރައްޔިތުން އަޑުއުފުލަން ފަށައިފިއެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އައު ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނަށް ބިރުދެއްކުމާއި، ފުރައްސާރަ ކުރުމާއި، އެ މީހުން އަޅުވެތިކުރުމުގެ އަމަލުތައް ވަނީ އިތުރުކޮށްފައެވެ. ފަލަސްޠީނު މުސްލިމުން ބިކަކުރުމުގެ މަސައްކަތް މެކުހަށް ޖަހާފައެވެ.

ނަތަންޔާހޫގެ ސަރުކާރަކީ އިސްރާޢީލުގެ ތާރީޚުގައި ވެސް މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި އަދި އެންމެ ޖައްބާރު ސަރުކާރެވެ. ސަބަބަކީ، އެއީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ކަނާތު ފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ މީހުންގެ މިނިވަންކަން ހަނިކޮށް، ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަން އަތުކުރި އޮޅައިލައިގެން އޮތް ސަރުކާރެކެވެ. ފަލަސްޠީނު ރައްޔިތުންގެ އަނބިދަރިން ނިކަމެތި ކުރަން ކެތްމަދުވެފައި އޮތް ސަރުކާރެކެވެ.

ޔަހޫދީންގެ ޖައްބާރު ސަރުކާރުން އެންމެ ފަހުން ނިންމާފައިވާ އެއް ނިންމުމަކީ، ފަލަސްޠީނުގެ ދިދަ ބޭނުން ކުރުމަކީ ކުށެއް ކަމުގައި ހެދުމެވެ. ފަލަސްޠީނުގެ ދިދަ ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި އެ ކަން އިޢުލާނުކޮށްފައި ވަނީ ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ހަރުކަށި ފިކުރަށް ލޯބިކުރާ، އެ ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ ޖައްބާރު ވަޒީރެކެވެ.

ދާދިފަހުން އޭނާ ވަނީ މުސްލިމުންގެ މުޤައްދަޞް ބިމުގައިވާ މަސްޖިދުލް އަޤްޞާއަށް ގޮސް، މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ. މަސްޖިދުލް އަޤްޞާ ހުންނަ ޓެމްޕްލް މައުންޓަކީ ޔަހޫދީންނަށް ވެސް މުހިންމު ތަނެއްގެ ގޮތުގައި ސިފަކޮށް ބެން-ގުވީރު ބުނެފައި ވަނީ، އެ ތަނަށް ޔަހޫދީންނަށް ވަނުމުގެ ފުރުޞަތު ދިނުން ހުއްޓައި ނުލެވޭނެ ކަމުގައެވެ. އަދި، އެ ތަނަށް ވަންނަ ޔަހޫދީންނަށް އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެ ނިންމުމާ އެކު، އިސްރާޢީލުގެ ސަލާމަތީ ބަރުތަކުން ވަނީ، ޢާންމު ތަންތަނުގައި ހުރި ފަލަސްޠީނުގެ ދިދަތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. ޔަހޫދީންގެ ސަރުކާރުން ފަށާފައިވާ އަނެއް މަސައްކަތަކީ، އިރުމަތީ ޤުދުޞްގެ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން، އެ މީހުންގެ ގެދޮރުން ނެރުމުގެ މަސައްކަތެވެ. މި ނިންމުންތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އަޑުއުފުލަން ފަށާފައިވާއިރު، މިއީ އިސްރާޢީލުގެ ގިނަ ރައްޔިތުން ވެސް ޤަބޫލުކުރާ ނިންމުންތަކެއް ނޫނެވެ.

ޝައިޚް ޖައްރާޙުގައި އިސްރާޢީލުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ކުރަމުންދާ މުޒާހަރާތަކުގައި އިސްރާޢީލުގެ ރައްޔިތުން ވެސް ދަނީ ބައިވެރިވަމުންނެވެ. އަދި، އިސްރާޢީލުގެ ޓެލް އަވީވުގައި ވެސް އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޚިޔާލުފާޅުކޮށް، މުޒާހަރާ ކުރަމުންނެވެ. ޝައިޚް ޖައްރާޙުގައި ބޭއްވި މުޒާހަރާއެއް އެއް ބައިވެރިއަކީ، އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އޮފަރ ކެސިފްއެވެ.

”ފަލަސްޠީނުގެ ދިދައިން ރަމްޒުކޮށްދެނީ މިނިވަންކަން ހޯދުމަށް ކުރަމުންދާ ޖިހާދު. ހަމަހަމަކަން ހޯދުމަށް ކުރަމުންދާ ޖިހާދު. އަދި އިންސާފާއި ސުލްޙައަށް ކުރަމުންދާ ޖިހާދު،“ އިސްރާޢީލުގެ އައު ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒަހަރާގައި ވާހަކަފުޅު ދައްކަވަމުން ކެސިފް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ދިދަ ބޭނުންކުރުން މަނާކުރުމަކީ ޔަހޫދީންގެ އިސްރާޢީލުން ހިންގާ އަޅުވެތިކަމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވެސް ވަނީ ޔަހޫދީންގެ ދަޢުލަތަށް ފާޑުކިޔާފައެވެ. މި ނިންމުމާ މެދު ނުރުހުން ފާޅުކޮށް އެމްނެސްޓީއިން ބުނީ، މިއީ އަޅުވެތިކަމުގެ އަމަލެއް ކަމަށާއި، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޤައުމިއްޔަތާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ޤަބޫލުކުރާ ކަމުގައެވެ.

ނަތަންޔާހޫއަކީ ޔަހުދީންގެ ދަޢުލަތުގެ ބޮޑުވަޒީރުކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. އޭނާގެ ސަރުކާރުތަކަކީ، ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއްގެ ލޭއޮހޮރުވައިލުމުގެ ފަހަތުގައިވާ ސަރުކާރުތަކެކެވެ. އޭނާއަކީ އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދުކޮށްފައިވާ ގާތިލެކެވެ. އޭނާގެ އައު ސަރުކާރަކީ ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ބިރުވެރިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ އަސްކަރީ މަނަވަރެއް ޗައިނާގެ ކަނޑުގެ ސަރަޙައްދަށް ވަދެފި

އެމެރިކާގެ އަސްކަރީ މަނަވަރެއް ޗައިނާގެ ކަނޑުގެ ސަރަޙައްދަށް ވަދެފި

މާރޗް 24, 2023
ޔޫކްރެއިނާ މަޝްވަރާކުރަން ޗައިނާ ރައީސަށް ދަޢުވަތު އަރުވައިފި

ޔޫކްރެއިނާ މަޝްވަރާކުރަން ޗައިނާ ރައީސަށް ދަޢުވަތު އަރުވައިފި

މާރޗް 24, 2023
ލަންކާ، އިންޑިއާ، ޕާކިސްތާނުގައި ރޯދަ ހިފަން ފަށާނީ ހުކުރު ދުވަހު

ލަންކާ، އިންޑިއާ، ޕާކިސްތާނުގައި ރޯދަ ހިފަން ފަށާނީ ހުކުރު ދުވަހު

މާރޗް 23, 2023
ރޯދަމަސް ފެށުމުގެ ކުރިން ޔޫއޭއީން 1،000 އަށް ވުރެ ގިނަ ކުށްވެރިންނަށް މާފުދީ ޖަލުން މިނިވަންކޮށްފި

ރޯދަމަސް ފެށުމުގެ ކުރިން ޔޫއޭއީން 1،000 އަށް ވުރެ ގިނަ ކުށްވެރިންނަށް މާފުދީ ޖަލުން މިނިވަންކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In