ޑްރަގް މައްސަލައެއްގައި ށ.ފޯކައިދޫ ސްކޫލުގެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް މައްސަލައެއްގައި އިއްޔެ ވަނީ އެ ރަށުން ދެ މީހަކު ހައްޔަރުކޮށްފައެވެ.
އެނގިފައިވާ ގޮތުން އޭގެތެރެއިން އެކަކަކީ އެ ރަށު ސްކޫލުގެ ޓީޗަރެކެވެ.
އޭނާ އެ ރަށު ސްކޫލުގައި ކިޔަވައިދެމުން އަންނަތާ ބާރަ ވަރަކަށް އަހަރުވެދާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
47 އަހަރުގެ އެ ފިރިހެން މީހާގެ އިތުރުން ދެން ހައްޔަރުކުރީ 20 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.