މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ އެމްޑީޕީ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން މަސްވެރިން ދޫކޮށްނުލާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް އެކަމުގެ އަސަރުކުރާއިރު ތެލާއި ނުބައްދަލު އަގެއްގައި މަސް ވިއްކަންޖެހުމުން ރާއްޖެއިން ބޭރަށް މަސް ވިއްކަމުންދަނީ ގެއްލުމުގައިކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު މަސް ގަންނަ އަގަށްވުރެ ބޮޑު އަގެއްގައި މަސް ގަނެފިނަމަ ލިބޭ ގެއްލުން ފޫބައްދަންޖެހޭނީ ޓެކްސް ފައިސާއިން ކަމަށާއި ނަމަވެސް މަސްވެރިންނަށް ރަނގަޅު ގޮތްތަކެއްވާން ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ވީހާވެސް އަވަހަށް ހުޅުމީދޫގައި ހުރި ސްޓޯރޭޖް ބޭނުން ކުރެވޭނެ ގޮތް ހަދައި މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވެސްވިދާޅުވެފައެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. މި ސަރުކާރުން މަސްވެރިންނަށް ގިނަ ވަޢުދުތަކެއްވިއެވެ. ނަމަވެސް މަސްވެރިންގެ ޝަކުވާއަކީ ސަރުކާރުން އެ ވަޢުދުތައް ނުފުއްދުމެވެ.
ވެރިކަމަށްއެރިގޮތައްދައްކާވާހަކައެށް
މަހުގެއަގުރަނގަޅުކޮއްދޭނަމޭ އެދުވަހެއްނާދޭ