ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ތޭރަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޖެނުއަރީ 14, 2023
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ތޭރަވަނަ ބައި

ދެމީހުން އެކަނި އެގޭގައި އުޅެން ޖެހުމުން ކައި ނިމުމުން މުސްކާން ތަށިތައް ނަގާ ނިމެންދެން ރިހާން ވެސް މޭޒު ދޮށުގައި މަޑުކުރެއެވެ. އެކަމަކު މިއަދު މިވީ ކީއްހެއްޔެވެ! އަނެއްކާ ކަމަކާ ހިތްހަމަ ނުޖެހުނީހެއްޔެވެ! ރިހާން ގޮސް ކޮޓަރިއަށް ވަންނަން ދެން މުސްކާންއަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެން ކުރަން ހުރި މަސައްކަތަށް މުސްކާން އެނބުރުނެވެ.

ތަށިތައް ނަގައި ދޮވެ ސާފުކުރުމަށްފަހު ކޮންމެ އެއްޗެއްވެސް އެ އެއްޗެއް ބަހައްޓަން ޚާއްސަކޮށްފައިވާ ޖަގަހާގައި ބެހެއްޓުމަށްފަހު މުސްކާން އެރީ ޓެރެހަށެވެ. އެހެންނަމަވެސް ރިހާން ނާންނާނެކަން ޔަގީން ވުމުން އެތާ ހުންނަ ހިތް ކެނޑިއްޖެއެވެ. އެހެންކަމުން މުސްކާން ވެސް ދެން ގޮސް ވަނީ ކޮޓަރިއަށެވެ. ދުވަސްވަރަކީ ކޮލެޖްގެ ޗުއްޓި ދުވަސްވަރުކަމުން ކުރާނެ އެހެން އިތުރުކަމެއް ނެތެވެ. ޓީވީއިންވެސް އެއްވެސް އެއްޗެއް ބަލާކަށް މުސްކާންގެ ޝައުގެއް ނެތެވެ. އެހެންކަމުން މުސްކާން ބޭނުންވީ ނިދާލާށެވެ.

މުސްކާންއަށް ނިދިފައި އޮވެވޭނީ ގަޑިއެއްހާ އިރެވެ. ހޭލެވުނީ މުޅިގައިން އޮށްދާހިއްލާ ހޫނުވެގެންނެވެ. އޭރު މުސްކާންއަށް އޮވެވުނީ އޮޅުން ބޮޅުން ބޮޑު ހުވަފެނެއްގެ ތެރޭގައެވެ. ހުވަފެނުގައި މުސްކާން އުޅުނީ ކޮންމެވެސް ބޮޑުކަމެއް ވެގެންނެވެ. ބައިވަރު މީހުންތަކެއްގެ ތެރެއިން މުސްކާންއަށް ދުރުން ރިހާން ވެސް ފެނުނެވެ. އޭނާގެ މޫނުމަތިން މުސްކާންއަށް ފެނުނީ މުޅި ހުވަފެނުގައި ފެނުނު އެންމެންގެ މޫނުމަތިން ވެސް ފެނުނު ހިތާމައިގެ އަސަރެވެ.  އޭނަގެ މަންމައާ ބައްޕަ ވެސް އެ މީހުންގެ ތެރެއިން މުސްކާންއަށް ފެނުނެވެ. ކޮންމެވެސް ބަޔަކު ރޯއަޑު ވެސް އިވެއެވެ. ރޮނީ ކޮންބައެއްކަމެއް މުސްކާންއަކަށް ނޭނގެއެވެ. ހައިދަރު ހުރީ އެންމެންތަކުގެ ތެރޭގައެވެ. އެއީ މުސްކާންއަށް އިހުސާސް ކުރެވުނު ގޮތެވެ. މުސްކާން ހައިދަރެއް ނުދެކެއެވެ.

ހުވަފެނުން ހޭލެވުނުއިރު މުސްކާން ހުރީ ވަރަށްބޮޑަށް ފެންބޮވައިގެންފައެވެ. އެހެންކަމުން ފެނުނު ހުވަފެނާމެދު ވިސްނަމުން މުސްކާން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އެހެންނަމަވެސް  ކޮޓަރީގެ ދޮރާހަމައަށް ނުދެވެނީސް މުސްކާންގެ ފޯނު ރިންގްވާއަޑު މުސްކާންއަށް އިވުމުން އެ ދިމާއަށް ހިނގައިގަތެވެ. ގުޅަނީ ރާއްޖެއިން ބޭރުގެ ނަމްބަރަކުންނެވެ. ކާކުބާއޭ ހިތާ ހިތާ ސުވާލު ކުރެވުނީ މަންމަމެން އަބަދުވެސް ގުޅަނީ ވައިބަރ އިން ކަމަށް ވާތީއެވެ.

”ހަލޯ!“ ފޯނު ނެގުމާމެދު ގޮތެއް ނިންމަން ވެސް މުސްކާންއަށް ވަގުތުކޮޅެއް ނެގިއެވެ.

”ހަލޯ، ދަރިފުޅާ މުސްކާން!“ އެއިވުނީ މުސްކާންގެ ބައްޕަގެ އަޑެެވެ. މުސްކާންއަށް ލިބުނީ ސިހުމެކެވެ. ބައްޕަ ގުޅުމުންނެވެ. އަބަދުވެސް ގުޅަނީ މަންމަ ވިއްޔާއެވެ.

”ބައްޕާ!“ މުސްކާންއަށް ގޮވައިލެވުނީ ބައްޕައަށެވެ. ބޭނުންވީ ވީ ކީއްތޯ އަހާލާށެވެ. އެކަމަކު އެހެން ނޭހިޔަސް ބައްޕަ ވާހަކަ ދައްކާނެތީ މަޑުކޮށްލީއެވެ.

”ދަރިފުޅު ކޮންތާކު!“ ބައްޕަ ދެންވެސް ކުރީ މުސްކާން އިތުރަށް ހައިރާން ކޮށްލި ސުވާލެކެވެ. އަނެއްކާ ރަށުގައި ތިބި ކޮއްކޮމެނަށް ކަމެއްވީ ބާވައެވެ. ނޫނީ މަންމަ…..! އެހެންކަމުން މުސްކާންއަކަށް ކެތެއް ނުކުރެވުނެވެ. އޭރު އިރުކޮޅެއް ކުރިން ފެނުނު ހުވަފެނުގައި ހިނގަމުންދިޔަ ކަންކަން ސިކުނޑިތެރޭ އެނބުރެމުންދިޔައެވެ.

”ކީއްވީ ބައްޕާ! ކޮބާ މަންމަ!“

”މަންމަ އެބައުޅޭ!….. ދަރިފުޅަށް އެނގޭތަ މި އުޅެނީ މާބޮޑުކަމެއް ހިނގައިގެންނޭ!….. ފާރޫގުބެ … ފާރޫގުބެ ނިޔާވެގެން! އައިންތު ދައްތަ…“

”ބައްޕާ ކޮންއިރަކު…. ފާރޫގުބެ ރަނގަޅެއްނު!“ މުސްކާންއަށް އެ ވާހަކަ ގަބޫލުކުރަން ދަތިވިއެވެ.

”އިރުކޮޅެއް ކުރިން….. ހެނދުނު ވެސް ވަރަށް ރަނގަޅަށް ވާހަކަ ވެސް ދައްކާ ހެދި. ހަމަ ކުއްލިއަކަށް! ….. ދަރިފުޅު ބަލައިލަ ބަލަ ރިހާން ކޮބައިތޯ!… ބައްޕަ ގުޅާނަން ފަހުން އިނގޭ! ދަރިފުޅު ހިތްވަރުކޮށް ރިހާންއަށް ހިއްވަރުދޭތި! ރިހާން ކައިރީ މަޑުކުރާތި!“ މުސްކާންގެ ބައްޕަ ފޯނު ކުރުކޮށްލިއިރު މުސްކާން ހުރީ ރިހާންގެ ކޮޓަރީގެ ތަޅުގައި ހިފައި ހުޅުވަން ތައްޔާރުވެގެންނެވެ.

ބައްޕަގެ ފޯން ކޯލް ނިމުމުން މަޑުމަޑުން މުސްކާން އެ ކޮޓަރީގައި ދެ ފަހަރަކު ޓަކި ޖަހއިލިއެވެ. އަދި އިންތިޒާރުކުރުމެއް ނެތި ދޮރު ހުޅުވައިލިއެވެ. މުސްކާންއަށް ފެނުނީ އަޖައިބު އަންތަރީސްވި މަންޒަރެކެވެ. ފެނުނު މަންޒަރުން މުސްކާންއަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ރިހާން އިނީ މުސައްލަ މަތީގައެވެ. ދެއަތްވަނީ ދުޢާއަށް އުފުލާލާފައެވެ. އެހެންނަމަވެސް އެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މިފަދަ ހިތްދަތި ދަނޑިވަޅުގައިވެސް ރިހާން ކިހާ ހިތްވަރު ގަދަހެއްޔެވެ. ކިހާ ކެތްތެރިހެއްޔެވެ! ލިބުނު ހިތާމައިން ހިތް ހަލާކުވާފަދަ ޚަބަރާއެކު ވެސް ރިހާން އެ އަވަސްވެގަތީ ހެއްދެވިފަރާތަށް ދުޢާ ދެންނެވުމާއިގެންނެވެ. މުސްކާންގެ ހިތް އެ ވަގުތު ވެސް ރިހާންއަށްޓަކައި ޝުކުރާ ތަޢުރީފުން ފުރިގެން އައެވެ. ކޮންފަދަ ތަފާތު މީހެއް ހެއްޔެވެ!

ކޮޓަރީގެ ދޮރުމަތީ ހުރި މުސްކާން ބޭރަށް ނުނިކުމެ މަޑުކޮށްލައިގެން ހުއްޓައި އެންމެ ފަހުން ރިހާން ތެދުވެ ހިންދެމިލައިފިއެވެ. އަދި އެނދާ ދިމާއަށް ހިނގައިގަތުމުން މުސްކާން ވެސް އެތެރެއަށް ވަދެގެން ރިހާން ކައިރިއަށް ދިޔައެވެ.

”ރިހާން!“ މުސްކާން ރިހާންގެ ނަމުން ގޮވައިލަމުން ރިހާންގެ އަތްތިލާގައި ހިފައިލިއެވެ.

”މުސްކާން، ބައްޕަ ….ބައްޕަ!“ ރިހާންއަށް އެވާހަކަ ދުލުކުރިއާ ހަަމއަށް ގެންނާކަށް ފަސޭހައެއް ނުވިއެވެ. އެ އަޑުގައިވަނީ ތުރު ތުރުލުމެކެވެ.
”ރިހާން.. ހިތްވަރު ކުރޭ! ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު!“ މުސްކާން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވިއެވެ. އެެހެންނަމަވެސް އެކަމަށް ހުރަސް އެޅުނީ ރިހާން ގެނައި ކުއްލި ހަރަކާތެވެ. އެހައިއިރުވަންދެން ހިފަހައްޓައިގެން ހުރި ރުއިން ކޮންޓްރޯލުން ނެއްޓި ބަޑި ފަޅައިގެން ދިޔައީއެވެ. ދެއަތުން މުސްކާން ގައިގާ ހިފައި އޮޅުލައި ގަންނަމުންނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގުނު މުސްކާންއަށް ހުރެވުނީ ރިހާންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ. ވަރަށް ހިތްވަރުކުރަން ބޭނުންވިޔަސް އެމީހަކަށްޓަކައި އެހިތުގައި ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ އެ ފަރާތް …. އެފަރާތަށް މިފަދަ ބޮޑު ހިތްދަތަިކަމެއް ދިމާވެފައިވާ ވަގުތު ވަކި މުސްކާން ހިތްވަރު ކުރާނީ ކިހިނެއްހެއްޔެވެ! އެހެންކަމުން މުސްކާންއަށް ވެސް ކުރެވުނުކަމަކީ ރުއިމެވެ.

އިރުކޮޅެއް ފަހުން ކޮންމެވެސް ވަރަކަށް މުސްކާންގެ ވިސްނުން މަސައްކަތް ކުރަން ފެށުމުން ރިހާންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބެއިންދިއެވެ. އަދި މުސްކާން ވެސް ރިހާންގެ ކައިރީ އިށީނެވެ. މި ހުރިހާ އިރުވީއިރު ވެސް މުސްކާން އިނީ ރިހާންގެ އަތްތިލާގައި ހިފަހައްޓާލައިގެންނެވެ.

”މުސްކާންއަށް އެނގޭތަ ބައްޕައާ މަންމަ…… އެއީ އަހަރެންގެ ތިބިހާ ވެސް ބަޔަކީ! އެމީހުންގެ ތެރެއިން އެކަކުވެސް…… އެކަކުވެސް …… އަހަންނާ ވަކިވެއްޖެއްޔާ….. އަހަރެން ކިހާ އެކަނިވެރި ވާނެ!“ އަނެއްކާވެސް ރިހާން އަޑުން އަޑުނަގައި ރޯން ފެށީއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގުނު މުސްކާން ރިހާން ގަޔާލާ ކައިރިކޮށްލިއެވެ. އަދި މަޑު މަޑުން ރިހާން ގައިގާ ބައްދައިލިއެވެ.

”ތިހެން ނުބުނޭ، ރިހާން. ރިހާންއަށް ދެރަގޮތެއް ނުވާނެ! ތިހާ ރަނގަޅު ކުދިންނަކަށް ދެރަ ގޮތެއް ނުވާނެ! އަހަރެން ދުޢާ ކުރާނަން…… ދުޢާ ކުރާނަން…. ރިހާންއަށް ލޮލުގެ ފެނުން ދެއްވައްތޯ! އަބަދުވެސް ދުޢާ ކުރާނަން!“

ރޮމުން ރޮމުން ގޮސް ގިސްލެވެން ފެށުމުން ރިހާން ކެއްސައި ގަތެވެ.

”އެބަ އަންނަން ފެން ފޮދެއް ހިފައިގެން!“ މުސްކާން އުޅުނީ ފެންފޮދެއް ބަލާ ބޭރަށް ނިކުންނާށެވެ. އެކަމަކު ރިހާން މުސްކާން އަތުގައި ހިފެހެއްޓިއެވެ. އަދި އިޝާރާތުން ނޫނެކޭ ބުނެ މުސްކާން މަޑުކުރުވިއެވެ.

ރިހާންއާ އެހައި ގާތުގައި އެހެން އިންނަންވުމުން އެންމެ ފަހުން ލަދުވެތިކަން އިޙުސާސްވުމުން މުސްކާން ބޭނުންވީ ތަންކޮޅެއް ދުރަށް ޖެހިލުމަށެވެ. އެހެންކަމުން އަމިއްލައިން ކުޑަކޮށް ދުރަށް ޖެހިލިއެވެ. މުސްކާން ގެނައި ހަރަކާތް ނުވިސްނި ހުރި ރިހާން ކުއްލިއަކަށް މުސްކާންގެ އުނގުގައި ބޯއަޅާލައި އޮށޯންނަން އުޅެގަތުމުން މުސްކާން އެއަށްވުރެ ދުރަށް ޖެހިލާ ބާލީސް ގެނެސް ރިހާންގެ ބޯ ދަށަށް ލައްވައި ދިނެވެ.

”ރިހާން، މުސްކާން ނުދަމޭ! މިހިރީއޭ ….. ބަލާލަބަލަ މިހިރީނު!“ މުސްކާންއަށް ރިހާންގެ ވިސްނުން ހުރިގޮތް އެނގުމުން އަނެއްކާވެސް ހިފެހެއްޓީ ރިހާންގެ އަތްތިލާގައެވެ. އަދި މުސްކާން އިނީ ރިހާން ގާތުގައިކަން ކަށަވަރުކޮށްދިނުމަށް އެ އަތުން ދޫކޮށްނުލައި އިނެވެ.

”އަހަރެން އެކަނި ކޮށްލާފަ ނުދައްޗެ! …. ނުދައްޗެ! ޕްލީޒް!“ ރިހާންގެ އެ އަޑުގައި އަދިވެސް ވަނީ ތުރު ތުރެވެ.

”ނުދަމޭ! ޕްރޮމިސް، ނުދާނަން!“ މުސްކާން ބޭނުންވީ ރިހާން ދޫކޮށްލާފަ ދުވަހަކުވެސް ނުދާނަމޭ ބުނުމަށެވެ. އެކަމަކު އެހެން ބުނާނީ ކިހިނެއްހެއްޔެވެ! މުސްކާން ފިރުމައިލީ ރިހާންގެ ބުރަކަށީގައެވެ. އެވަގުތު ސިޓިންގރޫމުގެ ބެލް ޖަހައިލިއަޑު އިވިއްޖެއެވެ.

”އެބަ އަންނަން. ކޮންމެވެސް މީހަކު އައިސްގެން އެ އުޅެނީ!“ ރިހާންގެ އަތުން އަތްތިލަ ދަމައިގަންނަމުން މުސްކާން ހިނގައިގަތީ ސިޓިންގރޫމަށް ނިކުތުމަށެވެ.

މުސްކާން ގޮސް ސިޓިންރޫމުގެ ދޮރު ހުޅުވައިލިއިރު ކުރިމަތީ ތިބީ އައިންތުގެ ކޮއްކޮއާ އޭނަގެ ދެ ކުދިންނެވެ.

މުސްކާން އެމީހުން ވަންނަން ތަން ދެއްކިއެވެ. އެމީހުން އެތެރެއަށް ވަންނަމުން ރިހާން ކޮބަތޯ އެހިއެވެ. މުސްކާން ބޮލުން އިޝާރާތްކޮށް ރިހާން ކޮޓަރީގައި ކަމަށް ބުނެލިއެވެ.

އައިންތުގެ ކޮއްކޮ ގޮސް ރިހާންގެ ކޮޓަރީ ދޮރުމަތީ މަޑުކޮށްލަމުން ރިހާންއަށް ގޮވައިލިއެވެ. އެ އަޑު އިވުމުން އެއް އަރިއަކަށް އޮށޯވެ އޮތް ރިހާން ތެދުވެ އެނދުގެ މަގަތުގައި އިށީނެވެ. އަދި އަތުގެ އިޝާރާތުން އިށީންނަން ތަންދައްކާ އެއް ފަރާތަށް ޖެހިލިއެވެ.

އައިންތުގެ ކޮއްކޮ އައިސް ރިހާންގެ ބުރަކަށީގައި ފިރުމަން ފެށުމުން އަނެއްކާވެސް ރިހާން ގިސްލާން ފެށިއެވެ.

”ކުޑާއްތާ! ބައްޕަ އޮތީ ހެނދުނުވެސް ވަރަށް ރަނގަޅަށޭ ބޭބެ ބުނި. …. ނޭނގެ ވީ ގޮތެއް…. އަހަރެންވެސް އެހެންވެ  ވަރަށް ހަމަ ޖެހިގެން ހުރީ… ހުއްޓާ އަލުން ބޭބެ ގުޅާފަ ބައްޕަގެ މަރުގެ ޚަބަރު އެދިނީ! ކިހާ ދެރަ ދޯ… އަހަންނަށް ބައްޕައަށް އެއްވެސް ޚިދުމަތެއްވެސް ކޮށެއް ނުދެވުނު. … ބަލާ ބޮޑުކޮށް ކިޔަވއިދިނުމުގެ އެއްވެސް އަގެއް އަދައެއް ނުކުރެވުނު. އަހަރެން ބޭނުން ބައްޕައަށާ މަންމައަށް ވަރަށް ގިނަ ކަންކަން ކޮށްދޭން… ވަރަށް ގިނަ ކަންކަން ކޮށްދޭން …. އެކަމަކު… ބައްޕަ … ބައްޕަ އެ ދިަޔއީ!“ ރިހާންއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ދެ އަތުން މޫނު ފޮރުވައިލީ ހިތަށް ކުރި އަސަރުންނެވެ. މިއަދު ރިހާންގެ މޭ ހީވަނީ ޅިޔަ އެޅިފައިވާހެންނެވެ. އެ ހިތް ކުދިކުދި ވެއްޖެއެވެ. އެންމެ ފަހު ވަގުތު ލޯބިވާ ބައްޕަގެ ގައިގާ ބައްދާލަން ކީއްކުރަން އެ ބައްޕަ ދެކެ ލޯބިވެޔޭ ބުނެ އެއްމެ ފަހަރަކު ވިޔަސް ފިރުމައިވެސް ނުލެވި އެ ބައްޕަ އަބަދަށްޓަކައި ވަކިވެގެން ދިޔައީއެވެ.

ރިހާންގެ އަސަރުން ފުރިގެންވާ ވާހަކަތައް އަޑުއަހަން މުސްކާން ހުރީ ތަންކޮޅެއް ދުރުގައެވެ. އައިްނތުގެ ކޮއްކޮ ރިހާންއަށް ވަރަށް ހިތްވަރުދިނެވެ. ވިސްނައިދިނެވެ. ބައްޕައަށް މިވަގުތު ބޭނުންވާނީ ހެޔޮދުޢާ ކަމަށް ބުނެ ބައްޕައަށް ހެޔޮދުޢާކުރުމަށް ނަސޭޙަތްދިނެވެ. އެ ހުރިހާ އިރު ވީއރުވެސް މުސްކާން ހުރީ ކޮޓަރީ ދޮރުމަތީ ކޮޅަށެވެ. އެންމެ ފަހުން އައިންތުގެ ކޮއްކޮ ބަލައިލީ މުސްކާންއަށެވެ.

”ދޭބަލަ ރިހާންއަށް ޖޫސްތައްޓެއް ގެނެސްދޭން! މުސްކާންއަށް ބަލައިލަމުން އޭނާ ބުންޏެވެ.

މުސްކާން ހިނަގއިގަތީ ބޭރަށެވެ. އެވަގުތު އައިންތުގެ ކޮއްކޮ މަރީ އަނެއްކާވެސް އެނބުރުނީ ރިހާންއާ ދިމާއަށެވެ.

”ރިހާން މިރޭ ދައްތަމެންގޭގަ ހުންނަން ދާންވީނު. މިތާކު ނެތެންނު ރިހާންގެ ކަންކަން ބަލާނެ މީހަކު ވެސް. ދައްތައަށް އާދެވޭނީ އަދި ދެ ދުވަސްވަރު ފަހުން، އެންމެ އަވަހަށް އާދެވުނަސް! ކުޑާއްތައަށް ފެންނަނީ އެ ގޮތް!“ މަރީ ވާހަކަ ދައްކަން ފެށީއްސުރެ ރިހާން އައީ ނޫނެކޭ ބުނެ ބޯ ހޫރަމުންނެވެ.

”ކީއްވެ ނުދާން ތި އުޅެނީ! ރިހާން…ތިހެން އެކަނި މާއެކަނި މި ކޮޓަރީގަ ތިހެން އޮންނައިރު ކިހާ ދެރައެއް ވާނެ!…. ކުޑާއްތަގެ ބަސް އަހާބަލަ!“

”ކުޑާއްތާ! މުސްކާން ވެސް ކިހާ އެކަނިވެރިވާނެ އަހަރެން ގޮއްސިއްޔާ! އެހެންނޫނަސް މަންމަ އަހަރެން ބަލަން ހަވާލުކުރީ މުސްކާން އާ! މުސްކާން އަހަންނަށް ވަރަށް ރަނގަޅު!“

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ފަނަރަވަނަ ބައި

ޖެނުއަރީ 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސާދަ ވަނަބައި

ޖެނުއަރީ 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާރަވަނަ ބައި

ޖެނުއަރީ 8, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެގާރަވަނަ ބައި

ޖެނުއަރީ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In