ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ބާރަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޖެނުއަރީ 8, 2023
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ބާރަވަނަ ބައި

”ކިހިނެއްވީ ލަސްވީ!“ އައިންތު ސުވާލުކުރިއިރު މުސްކާން ހުރީ އައިންތުގެ ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިގެންނެވެ.

”ޗެކިން ނިމިގެން ދައްތަ ގުޅާ! އޭރުން ހަމަ ޖެހިލައިގެން ވާހަކަަދައްކާނީ! މިހާރު ވެސް މާލަސްވެއްޖެ!“ އައިންތު ގުޅީ ކާރަށެވެ. އޭރު ގޭ ކާރުދުއްވާ އައިންތުގެ ކޮއްކޮގެ ފިރިމީހާ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އައިންތުގެ އިންތިޒާރީގައި އޮތެވެ.

އައިންތުއާ އެކު މުސްކާން ވެސް ތިރިއަށް ފޭބިއެވެ. އޭގެ ކުރިން މުސްކާންގެ ފޮށި ސިޓިންރޫމުގެ އެއްފަރާތަކަށް ޖައްސައިލިއެވެ.

އައިންތު އެންމެ ފަހަށް ވެސް މުސްކާންގެ ފަރާތުން އެދުނީ ރިހާންއަށް ރަނގަޅަށް ބަލައިދިނުމަށެވެ.

”އެސޮރު ވަރަށް އެކަނިވެރިވާނެ! ދައްތަ މުސްކާންއަށް ވަރަށް އިތުބާރުކުރަން!“ އައިންތުގެ ލޮލުން އަލުން ކަރުނަ ފާއްދައިލިއެވެ.

”ދައްތަ ދެރަނުވޭ! އަހަރެން ރިހާން ބަނޑުފައި ވިޔަކަ ނުދޭނަން! އަދި ހެދުންތައް ވެސް ދޮވެ އިސްތިރިކޮށް އަލަމާރިއަށް ލައިދޭނަން.“ މުސްކާން ބުނި އެއްޗަކުން އައިންތު ގާތަށް ހިނި އައެވެ. އެހެންނަމަވެސް އެކަން ފާޅުނުކޮށް މުސްކާންއާ ކުޑަކޮށް ބައްދައިލުމަށްފަހު ހިނގައިގަތީ ކާރާ ދިމާއަށެވެ. އެންމެފަހުން ކާރަށް އަރާ އިށީންނަމުންވެސް އަތް ހޫރައިލިއެވެ. އެ ކާރު ގޮސް ގޯޅި އަޅައި ލޯމަތިން ގެއްލެންދެން މުސްކާން އެތާ ހުއްޓެވެ. ކާރު ލޯމަތިން ގެއްލުމުން ހަށިފުރާ ނޭވާއެއް ލުމަށްފަހު މުސްކާން އެނބުރުނީ ލިފްޓާ ދިމާއަށެެވެ.

މުސްކާން ސިޓިންގރޫމުގެ ދޮރުހުޅުވައިލާ އެތެރެއަށް ވަންނަންދެން ވެސް ރިހާން އެތާ އިނެވެ. އެހެންނަމަވެސް މުސްކާން ދޮރު ހުޅުވި އަޑާއެކު ރިހާން ހިނގައިގަތީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ. އެވަގުތު މުސްކާންއަށް ބަލަހައްޓައިގެން ހުރެވުނީ ރިހާންގެ ދުރުވަމުން ދިޔަ ފިޔަވަޅުތަކަށެވެ.

”ރިހާން…. ކެއީތަ!“ ރިހާން ކޮޓަރިއަށް ވަނުމުގެ ކުރިން މުސްކާންގެ މަސްއޫލިއްޔަތުގެ ފުރަތަމަ ސުވާލު ރިހާންއަށް ކުރިއެވެ.

”އިރުކޮޅަކުން ކާނީ!“ ކުރު ޖަވާބެއް ދިނުމަށްފަހު ރިހާން އެތެރެއަށް ވަނީއެވެ. މުސްކާންއަށް ހަދާނެގޮތެއް ނުވިސްނި އިރުކޮޅެއް ދިޔައެވެ. އެހެންކަމުން ސިޓިންގ ރޫމުގެ ސޯފާގައި އައިންތުގެ ފޯންކޯލްގެ އިންތިޒާރުގައި އިށީނދެވުނީއެވެ. މުސްކާންގެ ސިކުންޑި ރަނގަޅަށް މަސައްކަތް ކުރަން ފެށީ އެހިސާބުންނެވެ. އެގޭގައި މުސްކާން ހުންނަ ކޮޓަރީގައި މުސްކާން ހުންނަންޏާ ރިހާންގެ ކަންކަން އެންމެ ރަނގަޅަކަށް ނުބެލޭނެއެވެ. އެކަމަކު އެކަން އެއީ މުސްކާންއަށްވުރެ ބޮޑަށް އައިންތު ވިސްނަން ޖެހޭ ކަމެކެވެ. އެ ޚިޔާލުގައި އިންދާ އެންމެ ފަހުން މުސްކާން އަށް ނިދުނީއެވެ.

”މުސްކާން! މުސްކާން، އެބައުޅެންތަ!“ މުސްކާންއަށް ފުންމައިގެންގޮސް ތެދުވެވުނު އިރު ހުރެވުނީ އެ ރީތި ފިރިހެނާގެ ނޭވާގެ ހޫނު އިހުސާސްވާ ހިސާބު ކައިރީގައެވެ. އެެހެންކަމުން މުސްކާންއަށް ފަހަތަށް ފަހަތަށް ޖެހެވުނެވެ. ނަތީޖާއެއްގެ ގޮތުން ސޯފާގައި އަޅައިގެންފާ މުސްކާން އަލުން ސޯފާއަށް ވެއޓުނީއެވެ.

”މުސްކާން!“ އިވުނު އަޑުގެ ސަބަބުން އަލުން ރިހާން މުސްކާންއަށް ގޮވަން ފެށިއެވެ. އެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

”އަހަރެން އެބައުޅެމޭ! މިހިރީ!“ މުސްކާންއަށް ހިފުނީ ދެއަތަށް ހޫރާލަ ހޫރާލަ ހުރި ރިހާންގެ އަތުގައެވެ.

”މަންމަ!“ އަނެއް އަތުން ރިހާން ދިއްކޮށްލީ ފޯނެވެ. އައިންތު ހުރީ އެ ފޯނަށް ގުޅައިގެންނެވެ.

”ހަލޯ ދައްތާ!“ ތެޅިގެންފާ މުސްކާންއަށް ގޮވައިލެވުނެވެ.

”ދައްތަ ބުނީ… މި ފުރަނީ އިނގޭ! ކިރިޔާ ޗެކިންގއާ ލައްވައިލީ! ހެ ހެ.. މުސްކާން ހުރޭ ދައްތަ ކޮޓަރިގަ! އެހެން ނޫނީ ވަރަށް އުދަނގޫ ވާނެނު… މުސްކާންއަށް ވެސް ދޯ!“ އައިންތު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެ ހުރިހާ ވާހަކައެއް އަޑު ނީވުނަސް ބައެއް ފަހަރު މަންމަ އެބުނަނީ ކީކޭކަން ރިހާންއަށް ނަގައިގަނެވެއެވެ. މި ކޮޅުން މުސްކާންގެ ޖަވާބު އަޑު އިވޭތީއެވެ.

އައިންތު ފޯނު ކަނޑައިލުމުން މުސްކާން އެ ފޯނު ރިހާންގެ މުށުތެރެއަށް ލައިދިނެވެ.

”ރިހާން! ހިނގަ ކާން!“ އަނެއްކާވެސް މުސްކާން ފެށީ ކެއުމުގެ ވާހަކައެވެ. ރިހާންއަށް ކާންދީފައި ނޫނީ މުސްކާންއަށް ކޮޓަރިއަކަށް ވެސް ނުވަދެވޭނެއެވެ.

”ކާހިތެއް ނެތް!“ ރިހާން ހިނގައިގަތެވެ. އެ ވަގުތު މުސްކާން އައީ ރުޅިއެވެ.

”އެކަމް އަހަރެން ވަރަށް ބަނޑުހައޭ! ރިހާން ނުކަންޏާ މަވެސް ނުކާނީ!“ މުސްކާންގެ އަޑުން ރިހާންއަށް ކާން އިށީންނަން މަޖުބޫރުވިއެވެ. އެހެންކަމުން ހިނގުމުގެ މިސްރާބު ބަދަލުކޮށްލާ ކާމޭޒުގެ ގޮނޑިއެއްގައި ހިފަހައްޓަމުން ގޮސް ރިހާންގެ ގޮނޑީގައި އިށީދެއްޖެއެވެ.

ލިބުނު ހިތްހަމަ ޖެހުމުގައި މުސްކާން ގޮސް ހުއްޓުނީ އައިންތު ކައްކާފަ ދިޔަ ކާއެއްޗެހީގެ ކައިރީގައެވެ. ތަށިތަކަށް ކާއެއްޗެހި އަޅާ މޭޒުމަތީ ބަހައްޓަމުން ދިޔައިރު އިރު އިރުކޮޅާ ރިހާންގެ މޫނަށް ބަލައިލެވެއެވެ.

ރިހާންގެ ތައްޓަށް ކާއެއްޗެހި އަޅައިދިނީ މުސްކާންއެވެ. އެއީ އައިންތުވެސް ކަންތައް ކުރާ ގޮތެވެ. ރިހާން އަތުގައި އުލާ ސަމުސާ ލައްވައިދިނީ ވެސް މުސްކާން އެވެ. އެއީ އައިންތު އެކަން ކުރާ ގޮތެއް ނޫނެވެ. އުލާ ސަމުސާ އޮންނާނީ ތަށިތެރޭ ބާއްވާފައެވެ.

ކާން ތިބިއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިވެމުން ދިޔައީ ތަށީގައި އުލާ ސަމުސާ ކެއްތޭއަޑެވެ. ދެން ދެމީހުންގެ ނޭވާގެ އަޑާ މަތީގައި އެނބުރެމުންދާ ފަންކާގެ އަޑެވެ.

”ކީއްވެ މުސްކާން ލަސްވީ!“ އެންމެ ފަހުން ނީދެވިގެން ރިހާން ސުވާލުކުރިއެވެ.

”ހެ ހެ، ވަރަށް ކަންބޮޑުވިދޯ! ހީކުރީ އަހަރެން ނާންނާނެ ކަމަށްތަ!“ މުސްކާންއަށް ރިހާންގެ ސުވާލު އަޑު އިވުމުން ކުރެވުނީ ސަމާސާއެކެވެ.

”އެއް ފަހަރުވެސް ތިހެން ހިތަކަށް ނާރާ! އެކަމް ހަމަ ވަރަށް ކަންބޮޑުވި!“ ރިހާން ޖަވާބު ދިނީ ތެދަށެވެ.

”ބުނި ގަޑިއަށް ނާދެވުނީ… ބޯޓުގެ އިންޖީނަށް ކުޑަ މައްސަލައެއް ދިމާވެގެން ކަނޑުމަތީގަ ހުއްޓުނީ! ގުޅަން ވެގެން ބެލިއިރު އަހަރެންގެ ފޯނު އޮތީ ބެޓެރި ގޮއްސަ! ރޭގަ އެއްގޮތަކަށް ވެސް ފޯނު ޗާޖަށް ޖަހާކަށް ހަނދާނެއް ނެތް!“ މުސްކާން ކަންހިނގި ގޮތް ކިޔައިިދނެވެ.

”ހަމްމް، މަންމަ ދެންމެ ވެސް ބުނެފިއޭ މުސްކާންގެ ފޯނަކަށް ނުގުޅެއޭ! ނިންވާލާފައޭ!“ މުސްކާން އުފާވީ ރިހާން މުސްކާންގެ ވާހަކަ ގަބޫލުކުރިކަން އެނގުމުންނެވެ.

ކައިނިމިގެން ރިހާން ތެދުވީ ކޮޓަރިއަށް ވަންނާށެވެ! އެވަގުތު މުސްކާން ދައްކަން ބޭނުންވެފަ ހުރި ބައެއް ވާހަކަތައް ރިހާންއާ ހިއްސާކޮށްލަން ބޭނުންވިއެވެ.

”ރިހާން އެއްވެސް ކަމެއް ބޭނުން ވެގެން ނުބުނެ ނުހުންނަށްޗެ! ކާން ވިޔަސް ހެދުންތައް ދޮންނަން ވިޔަސް …. އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ ބުނާތި!“

”ކޮފީއަކަށް އެދުނަސް ވެސް ލިބޭނެ ދޯ!“ އެއީ ރިހާންގެ ފަރާތުން އެ ސިފަ މުސްކާންއަށް ފެނުނު ފުރަތަމަ ފަހަރެވެ.

”ކީއްވެ ނުލިބޭންވީ! ރިހާން ބޭނުން ކޮންމެ އެއްޗެއް…. ކޮންމެ އެއްޗެއް!“ މުސްކާން އަށް ބުނެވުނީ އެވަރަށެވެ. އެމޫނުން ލަދުވެތިކަން ފާޅުވެ އެ ވާހަކަ ހުއްޓުނެވެ. އެ ލަދުވެތިކަން ދެކޭނެ މީހަކު ނެތަސް އެވެ.

”ތި ވީ…“ ރިހާން ކުއްލިއަކަށް ވާހަކަ ހުއްޓައިލިއެވެ. އަދި ބާރު ބާރަށް ގޮނޑިތަކުގައި ހިފަމުން ކުރިއަށް ގޮސް ކޮޓަރިއަށް ވަނީއެވެ. މުސްކާން ހުރީ ވާންވީ އުފާ ކަމެއް ވާންވީ ދެރަކަމެއްް ނޭނގިފައެވެ. އެނގޭކަމަކީ ރިހާން ބުނަން އުޅުނީ އާދައިގެ ވާހަކައެއް ނޫންކަމެވެ.

ފޯނު ޗާޖަށް ޖެހުމަށްފަހު މުސްކާން ނިދީއެވެ. އިރުއޮއްސުމުން މަންމަ އަށާ އައިންތަށް ގުޅަން ނިންމައިގެންނެވެ.

މުސްކާންއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިދޭއަޑަށެވެ. މުސްކާންއަށް އެނގެއެވެ. އެ ވާނީ ރިހާންއަށެވެ.

ނިދި ނުފިލާ ހުރި މުސްކާން ނިންޖާ ޖެހެމުން ގޮސް ދޮރު ހުޅުވައިލިއެވެ. ޓަކި ދިނުމަށްފަހު ކުޑަކޮށް ދުރަށް ޖެހިލައިގެން ހުރި ރިހާން މުސްކާންއަށް ފެނުނީ އާދަޔާ ޚިލާފު ހިތްދަމައިގަންނަ ގޮތަަކަށެވެ. ހުދުކުލައިގެ ޓީޝާޓަކާ އައިސް ބުލޫކުލައިގެ ޖިންސެއްގައި ހުރި ރިހާން ހީވަނީ މޮޑެލްއެއް ހެންނެވެ. އެ ދެލޮލުގައި ލޯކަޅު އައިނެއް ނެތެވެ. ބަލަަހައްޓައިގެން ހުރީ ސީދާ މުސްކާންއަށެވެ. އެ ދެލޮލަކީ މިއަދު ދިރުމެއް ނެތް ލޮލެކޭ ބުނާނީކާކުހެއްޔެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ! ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ! ކޮންފަދަ އަޖައިބެއް ހެއްޔެވެ!

”މުސްކާން!“ ރިހާންގެ އަޑު އިވުމުން ޚިޔާލީ ދުނިޔެއިން މުސްކާންއަށް ނުކުންނަން މަޖުބޫރުވީއެވެ. ހީވަނީ ކުލަހުވަފެނަކުން މީހަކު ގަދަކަމުން ނެރުނުހެންނެވެ.

”ކަ …. ކާންވީތަ!“ އަޅަ އަޅައިގަންނަމުން މުސްކާން ވާހަކަ ދެއްކިއެވެ.

”ކާން ވެސް ވީ!…. މަންމަ ނުގުޅާތަ!“ ރިހާން ބޮޑަށް ބޭނުންވީ މަންމަގެ ޚަބަރެއް މުސްކާންއަށް ވިތޯ ބެލުމަށެވެ.

”އޮހޯ! އަދިވެސް ފޯނު ހުޅުވައި ނުލެވެޔޭ!…… އެބަ އަންނަން!“ މުސްކާން ވަނީ އެތެރެއަށެވެ. ފޯނު ބަލައެވެ.  

އެރޭ ކައިނިމިގެން ވެސް މުސްކާން އާ ރިހާން ވާހަކަދައްކަން ޓެރެސްއަށް ދިޔައެވެ. މުސްކާންގެ އެދުމަކަށެވެ. އެކަމަކު ރިހާން ވެސް ހުރީ އެކަމަށް އެދިގެންހެން މުސްކާންއަށް ހީވެއެވެ. އެއީ މުސްކާންއަށް ލިބޭ ބަޔާން ނުކުރެވޭ ވަރުގެ އުފަލެކެވެ.

އައިންތު ގުޅީ އެރޭ ވަރަށް ދަންވި ފަހުންނެވެ. ހަޔާތުގެ ޒުވާން ދުވަސްވަރު އެކުގައި ނުލާހިކު ލޯބިން އުޅުނު ފިރިމީހާ އޮތް ހާލު ފެނުމުން އޭރުވެސް އައިންތުގެ ރުއިން ނުހުއްޓެއެވެ. ހީވާކަހަލަ އެވެ. ފާރޫގުއާ އެކު ފެށި ދިރިއުޅުން ނިމުމަކަށް އަންނަނީއެވެ. ނުވަތަ ކުރިން އެދެމީހުން އެކުގައި އުޅުނުގޮތަކަށް ދެންނޫޅެވޭނެއެވެ. އެއީ ތަޤުދީރެވެ. ތަޤުދީރުގެ ރޭއްވެވުމެވެ. ފާރޫގުގެ ހާލުގެ ވާހަކަ މުސްކާންގެ މަންމަ ވެސް މުސްކާންއަށް ކިޔައިދިނެވެ. މަންމަގެ ފަރާތުން ވެސް ފާރޫގު އޮތް ހާލު އެނގިފައި އޮތުުމުން މުސްކާން ހުރީ ހަމަ އެކަނި އައިންތުގެ ވާހަކަ އަޑު އަހާށެވެ. އައިންތުއަށް ހިތްވަރު ދޭނެ ގޮތެއް މުސްކާންއަށް ނޭނގޭތީއެވެ.

އައިންތު އިންޑިއާއަށް ދިޔަތާ ތިންވަނަ ދުވަހެވެ. އެދުވަހު މުސްކާންގެ މަންމަ ވަރަށް ހެނދުނާ މުސްކާންއަށް ގުޅިއެވެ. ފާރޫގުގެ ހާލު ތަންކޮޅެއް ރަނގަޅުކަމަށާ މުސްކާންގެ މަންމަމެން ދެތިން ދުވަސްފަހުން ރާއްޖެ ދާން ނިންމާފައިވާ ކަމަށް ބުންޏެވެ. އެހެންކަމުން މުސްކާން ބޭނުންވަނީ ކޮން ކޮން އެއްޗިއްސެއްތޯ އަހާފައި މުސްކާން މަންމަ ފޯނު ބޭއްވީއެވެ.

މެންދުރަށް މުސްކާން ކެއްކީ ސްޕެގެޓީއެވެ. ރިހާންއަށް ކާން ގޮވަންވެގެން މުސްކާން ރިހާންގެ ކޮޓަރި ކައިރިއަށް ޖެހިލިއިރު އެތެރެއިން ވާހަކަ ދައްކާ އަޑު އިވެއެވެ. ހީވާގޮތުން ރިހާން ވާހަކަ އެ ދައްކަނީ ރިހާން މަންމައާ އެވެ. ނުވަތަ ހައިދަރުއާއެވެ. އިވުނު ދެތިން ލަފުޒުން މުސްކާންއަށް އެނގުނީ އެވަރަށެވެ. ފޯނު ބޭއްވިހެން ހީވުމުމުން މުސްކާން ދެ ފަހަރަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އިރުކޮޅަކުން ރިހާން އައިސް ދޮރު ހުޅުވައިލިއެވެ. މުސްކާންއަށް ބަލައިލެވުނީ ހެދިހުރި އެ ރީތިހަށިގަނޑުގެ ވެރިޔާގެ ހަމަ އިސްކޮޅަށެވެ. މި ގޮތަށް ރިހާން އައިސް މުސްކާންގެ ކުރިމަތީ ހުއްޓޭ ކޮންމެ ފަހަރަކުވެސް ހަމަ މި ބެލުން މުސްކާންއަށް ބަލައިލެވެއެވެ. މުސްކާން މިކަމަށް ފަރިތަވެ ހޭނޭނީ ކޮންއިރަކުން ހެއްޔެވެ.

”ހިނގަ ކާން!“ ރިހާންގެ ލޮލުގައިވާ ކަޅުކުލައިގެ އައިނަށް ބަލައިލަމުން މުސްކާން ވާހަކަ ދެއްކިއެވެ.

ވަކިޖަވާބެއް ނުދީ ރިހާން ބޭރަށް ނިކުތެވެ. މުސްކާން އެއްފަރާތަކަށް ޖެހިލުމުންނެވެ.

ކާންތިބިއިރު މާގިނަ ވާހަކައެއް ނުދެއްކެއެވެ. ކޮންމެވެސް ވަރަކަށް ރިހާންގެ ބައްޕަގެ ހާލަތު ރަގަޅުވަމުން އަންނަ ވާހަކަ ހައިދަރު ބުނި ވާހަކަ ރިހާން ބުނީ އުފަލުން އިނދެއެވެ. ކައި ނިމުމުން ރިހާން ވަނީ އަނެއްކާވެސް ކޮޓަރިއަށެވެ. އެއީ ރިހާން ކަންކުރާގޮތެއް ވެސް ނޫނެވެ. އައިންތު ފުރައިގެން ދިއުމުން އެ ދެމީހުން އެކަނި އެގޭގައި އުޅެން ޖެހުމުން ކައި ނިމުމުން މުސްކާން ތަށިތައް ނަގާ ނިމެންދެން ރިހާން ވެސް މޭޒު ދޮށުގައި މަޑުކުރެއެވެ. އެކަމަކު މިއަދު މިވީ ކީއްހެއްޔެވެ! އަނެއްކާ ކަމަކާ ހިތްހަމަ ނުޖެހުނީހެއްޔެވެ! ރިހާން ގޮސް ކޮޓަރިއަށް ވަންނަން ދެން މުސްކާންއަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެން ކުރަން ހުރި މަސައްކަތަށް މުސްކާން އެނބުރުނެވެ.

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ފަނަރަވަނަ ބައި

ޖެނުއަރީ 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސާދަ ވަނަބައި

ޖެނުއަރީ 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭރަވަނަ ބައި

ޖެނުއަރީ 14, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެގާރަވަނަ ބައި

ޖެނުއަރީ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In