ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

2023 ފެށިއްޖެ: ދެން މިގައުމަށް ވާނީ ކިހިނެއް؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޖެނުއަރީ 1, 2023
ރިޕޯޓް, ޚަބަރު
3
މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

އިންޑިއާއިން އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ލޮލަށް ނުފެނިގެން އުޅޭ މީހުންނަށާއި އެކަމަށް ފާޑުކިޔާ މީހުންނަށް ބްރިޖުގެ ތަނބުތައް މި އައު އަހަރުގެ ތެރޭގައި ގުނަން އުނދަގޫ ވާވަރަށް ފެނުން މައްޗަށް އުފުލިފައި ވާތަން މި އަހަރު ފެންނާނެއެވެ.

ފާއިތުވެދިޔަ 2022 ވަނަ އަހަރު ރައްޔިތުން ފާހަގަ ކުރަންޖެހެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކާމިޔާބު އަހަރެއްގެ ގޮތުގައި ހެއްޔެވެ؟ ސިޔާސީ އަދި އިގުތިސާދީ ނުތަނަވަސްކަން ނެތް އަހަރެއްގެ ގޮތުގައި ހެއްޔެވެ؟ ފަތުރުވެރިކަން ކުރިއަށް ޖެހިލިއެވެ. ހަމައެގޮތަށް ޓެރަރިޒަމް ވެސް މިދިޔަ އަހަރު އަލުން ބޯހިއްލާލައިފި އެވެ.

މި 2023 ވަނަ އަހަރު ސިޔާސީ ފަރާތްތަކާއި މުއައްސަސާތަކުގެ ވެރިންގެ މެދުގައި ދާއިމީ ވާދަވެރިކަމެއް ފެށި ގައުމު ދާޚިލީ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ހިނގައިދާނެކަމަށް ހީވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެތެރެ ގަޑުބަޑުވެ ކުރީގެ ރައީސާއި މިހާރުގެ ރައީސްގެ މެދުގައި ވަރުގަދަ ކޯޅުމެއް ފެށިފައި ވާތީއެވެ. އެއީ ވެރިކަމާހެދި، އަދި ބާރު ހޯދުމުގެ ދަހިވެތިކަމުގައި ފެށިފައިވާ ވާދަވެރިކަމެކެވެ. ވާދަވެރިކަން ދަނީ ހަސަދައަކަށް ބަދަލުވެ ނަޖިސްވަމުންނެވެ. އެކަންތައްތައް މުޅި އަހަރަށް ދިގުދެމިގެން ހިނގައިދާނެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ވަރަށް ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި، އަދި ގައުމު ބަނގުރޫޓު ވެދާނެ ކަމުގެ ވިލާތައް ބޯމައްޗަށް ފެތުރެމުންދާ ދަނޑިވަޅެއްގައި ވެރިކަން ހިންގާ ޕާޓީ ސިޔާސީ ގޮތުން ބައިބައިވެ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދޭން ފެށުމުން ގައުމަށް ކުރިމަތިވާނީ އިތުރު ވޭނެކެވެ. އަނެއް ކޮޅުން 5 އަހަރުގެ ވެރިކަމެއްގައި ވިލާތަކާ ހަމައަށް އުފުލިގެން ދިޔަ ބޮޑެތި ބިޔަ މަޝްރޫޢޫތައް ހިންގެވި ކުރީގެ ރައީސް ސިޔާސީ ހުކުމެއްގައި ދިގު މުއްދަތަކަށް ޖަލަށް ވަޑައިގެންނެވީކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރުމަކީ ސިޔާސީ މަސްރަހު އިތުރަށް ކިލަނބުވެ ގަޑުބަޑު ވާނެ ކަމެކެވެ.

އެއް ގޮނޑިއަކަށް އެއް ޕާޓީއެއްގެ ދެ ރައީސުން ކުރިމަތި ލައްވައި ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ފެންނަންފަށާފައި ވަނީ އަދި އަޑު އިވެން ފަށާފައި ވަނީ ނަޖިހުގެ އަސަރެވެ. ދެން އޮތީ ފާޅުގައި ވަގަށް ގޮވުމެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ގައުމު މިހާރު ވެއްޓެންދާ ސިޔާސީ އަނދަވަޅުން ގައުމާއި ރައްޔިތުން މި އަހަރު ސަލާމަތް ކުރެވޭނޭ ހެއްޔެވެ؟

ހިތާމައަކީ އަޅުގަނޑުމެން އައު އަހަރަކަށް މި ވަންނަނީ އެންމެ ގޯސް ހާލަތެއްގައެވެ. އެމްޑީޕީއާ ގިނަ ޕާޓީތަކެއް ގުޅިގެން ހޯދި ވެރިކަމުގެ ނިންމުންތަކާމެދު ޕާޓީތަކުގެ ތެރޭގައި ވެސް ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އިގުތިސާދީ ނިންމުންތަކަކީ ރައްޔިތުންނަށް އެއްގޮތަކަށް ވެސް ހިތްވަރު ލިބޭ ނިންމުންތަކެއް ނޫނެވެ. ބައިބައިވާން ފަށާފައިވާ އިއްތިހާދުގައި ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަމެއް ނެތެވެ. ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް މަންފާ ހުރި ރަނގަޅު ނިންމުންތައް ނިންމުމުގައި ނާކާމިޔާބުވެފައިވާއިރު މިއީ ރާއްޖޭގެ އިގުތިސާދީ ދަތިކަން އިތުރަށް ސީރިއަސްވެގެން ހިނގައިދާނެ ސަބަބެކެވެ. އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން އެކުވެރިވެ އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ބޭރުގައި ތިބި ވަގުތީ ރައްޓެހިންނަށް ވެސް ބޮޑު ސިހުމެއް އަންނާނެއެވެ.

ޓްއަރިޒަމް މިވަގުތު ކުރިއަށް ފިޔަވަޅެއް އެޅިޔަސް، ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ފުނޑުފުނޑު ވެދާފަދަ ހާލަތެއްގައެވެ. ބޭރުގެ ދަރަނި އިންތިހާއަށް ބޮޑެވެ. ބޭކާރު ޚަރަދު އިންތިހާއަށް ގިނައެވެ. ލޯނު އަދާކުރަން ލޯނު ނަގަމުން ދަނީއެވެ. ފައިސާ ޗާޕުކުރުން ވަނީ އާންމުވެފައެވެ. ޓެކު ހުގެ ބުރައާއި ވޭން އުފުލަން ޖެހިފައި ވަނީ ނިކަމެތި ރައްޔިތުންނާއި ހަމައަކަށް ނޭޅި ތިބި ވިޔަފާރިވެރިންނެވެ. ބޭހާއި ތެލާއި ކާޑުގެ ބާވަތްތައް ގަންނަނީ ލޯނު ފައިސާއިންނެވެ. ވަޒީފާ ނެތް މީހުންނާއި ސަލާން ޖަހާ މީހުން މަގުތަކުގައި ގިނަ ވެއްޖެއެވެ. މަސްތުވާތަކެތި އާންމުވެ އިޖުތިމާއީ ފޭރާން ވީދި ހަސްފަސް ނެތިއްޖެއެވެ. ދަރަނި ދޭނެ މީހުން ނެތް ކަމަށާއި ދަރަނި ހޯދުން އުނދަގޫ ވެއްޖެ ކަމަށް ޚުދު ފިނޭންސް މިނިސްޓަރ ވިދާޅުވާން ފަށައިފިއެވެ.  ސުއާލަކީ ދެން މި ގައުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފޮރިން އެކްސްޗޭންޖް ރިޒާވް ރެކޯޑް ދަށް މިންވަރެއްގައި އޮތުމުން، ބޭރުގެ ދަރަނި އަނބުރާ ދެއްކުމާ މެދު ސުވާލު ނުއުފެދޭ ހެއްޔެވެ؟

މިއީ ރާއްޖޭގެ އިގުތިސާދީ މަންޒަރަށް ބަދަލެއް އައުމުގެ ސާފު ފުރުސަތެއް ނެތްއިރު، ވަރަށް ކަންބޮޑުވާންޖެހޭ ޙާލަތެކެވެ. ބާނާ މަސްކޮޅު ގަނެ ބޭރު ކުރުމުގެ ވިޔަފާރި ވެސް އޮތީ އިންތިހާއަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. ރާއްޖެ ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތީ ހަމައެކަނި ބޭރުގެ ދަރަނީގެ ސަބަބުން ނޫން ކަމަށާއި އެތެރޭގެ ދަރަނީގެ ޕްރެޝަރުތައް ވެސް އިތުރުވަމުންދާތީ ކަމަށް ގަބޫލުކުރަން އެބަ ޖެހެއެވެ.

ރާއްޖޭގެ ހާލަތު ދަށަށް ދަނީ ދުނިޔޭގެ ބާޒާރުގައި ޕެޓްރޯލާއި މުދަލުގެ އަގު ބޮޑުވުން ފަދަ ކަންތައްތަކުގެ ސަބަބުންނޭ ބުނެ ފުއްދާލުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާސަތުތައް މިހާރު އޮތް ހާލަތަށްވުރެ އުފާވެރި އަދި ހަރުދަނާ ހާލަތަކަށް ގެންދަން މުހިއްމު ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ.

ދިވެހި ރާއްޖެ އޮންނަން ޖެހެނީ ދުނިޔޭގެ އެންމެ ބަލިކަށި ޤައުމުތަކުގެ ތެރޭގައެއް ނޫނެވެ.

ސިޔާސީ ނުތަނަވަސްކަމާއި އިގުތިސާދީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، މި ލޮބުވެތި ފަސްގަނޑުގައި ޓެރަރިސްޓުން އުފެދި އާލާވެ ރާޅެއް ހެން މުޅި ގައުމަށް ފެތުރިގެން ދިއުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ.

މިދިޔަ އަހަރަކީ އެންމެ އުފާވެރި ފާގަތި އަހަރެއް ނޫނެވެ. ސުއާލަކީ މި 2023 ވަނަ އަހަރު މިގައުމަށް ވާނީ ކިހިނެއް ހެއްޔެވެ؟

ސިޔާސީ އަދި އިގުތިސާދީ ކަނޑަކަށް ރާއްޖެ ޣަރަގުވެގެން ދިއުމަކީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫނެވެ. ނަމަވެސް ރާއްޖެއަށް 2023 ގައި ކުރިމަތިވާ ސިޔާސީ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ އުފަލާއި މައްސަލަތަކުގެ ވޭންވަރާ އަޅުގަނޑުމެންނަށް އަހަރު ނިމުމުގެ ކުރިން ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދި ތިން މީހަކު ހައްޔަރުކޮށްފި

287,000 ރުފިޔާއާއި ގިނަ ޢަދަދެއްގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ފެބްރުއަރީ 2, 2023
ރަހީނުކުރި ބިދޭސީއަކަށް ހިމާޔަތްދީ، މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

ފެބްރުއަރީ 2, 2023
އެންމެ ދެކުނުގެ 5 އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުުދު ސަމާލު ނެރެފި

ބައެއް ރަށްތަކަށް މިރޭ ވިއްސާރަކުރާނެ: މެޓް

ފެބްރުއަރީ 2, 2023
އިދިކޮޅު ކޯލިޝަނުން ދީން ހަތިޔާރަކަށް ނުހަދާނެ: ޝިޔާމް

އިދިކޮޅު ކޯލިޝަނުން ދީން ހަތިޔާރަކަށް ނުހަދާނެ: ޝިޔާމް

ފެބްރުއަރީ 2, 2023

ކިޔުންތެރިންގެ ޚިޔާލު 3

  1. ޒާހިރު says:
    1 month ago

    އާދޭހާއެކުއަޅުގަންޑުމިދައްނަވަނީރައިސްސޯލިހުގެހުރިމަކަރާހުރިހީލެއްތެރިކަމާޖައްބާރުކައްނިކައްވިސްނާފިކުރުކޮއްބަ.ރާއްޖޭގެބައެއްރައްޔިތުއްނައްހީވާކަހަލަރައިސްސޯލިހުމިހާރުވެސްއެކިރަތްރަސުގަ.އެކިއެކިޕުރެޖެޓުތަކާއިމަސްރޫއުތައްބާރައްކުރިއަށްއެބަދެއޭ.އެހެއްވީމައަހަރެމެއްކޮއްމެހެއްވިސްނާކައްނުޖެހެޔޭލާގެއްހުރިސޯޓުބޭލުނަސްއަދިއަމުދުއް.އެމްޑީޕީގެއިސްކޮންތިބަވާބޭފުޅުއްބޭނުއްވަނީރައިސްސޯލިހުބޭލައްވާލޯނުތައްނަގާގެއެވެރިއްގެޖީބުތައްފުރާލައްމިމީހުއްނަކީރަތްޔިތުޢްނައްވިނާބައެއްނޫ….ދެއްވެސްމިގައުމުސަލާމައްކުރައްބޭނުއްފުޅުވާނަމަރައިސްޔާމީނުޖަލުއްސަލާމެއްކުރައްހުރިހާރަތްޔިތުއްނިކުމެމަސެއްކަތްފަސައްވި(މިނޫންގޮތެއްނެއް

    Reply
  2. ާއެނގޭމީހަ says:
    1 month ago

    E eehama dhalhaekeve

    Reply
  3. Husain says:
    1 month ago

    ނުމިޔަވާ ގަމާރަކު އައިސްސިނަމަ މިގައުމު ވާނީ ބަގުރޫޓް. އަމާ ބުނީތީ ފަރަށްދާ އުސޫލުން ގައުމު ހިންގާނަމަ ގައުމު ވެއްޓޭނީ އަދަވަޅަކަށް. ރައްޔިތުން މިކަމާ ވިސްނަންޖެހޭނެ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In