35 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ނިންމާލައިފިއެވެ.
ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން އިސްނަގައިގެން ފެށި އެ މުބާރާތުގެ ކިޔެވުންތައް ކުރިއަށް ގެންދިޔައީ ސަލްމާން މިސްކިތުގައި 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ގައުމީ ގުރުއާން މުބާރާތުގެ އެންމެ ފަހުން ދަންފަޅި ބާއްވާފައި ވަނީ މިއަދު ހެނދުނެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭހެން ޖުމްލަ 1016 ކުދިން ކިޔަވާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ބައިން ކިޔެވި 600 ކުދިންނާއި އަދި ނުބަލާ ކިޔެވުމުގެ ބައިން ކިޔެވި 406 ކުދިންނެވެ.
މިފަހަރުގެ މުބާރާތުގައި 13 ކުއްޖަކު ވަނީ ހާފިޒުންގެ ބައިގަ ކިޔަވައިފައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރާ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.