ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ދިހަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޑިސެމްބަރ 26, 2022
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ދިހަވަނަ ބައި

މަންމަމެން މާލެ އަންނަ ދުވަހުގެ ފަހުދުވަހުގެ ރޭ ރަށަށް ފުރާ ބޯޓެއް އޮތުމުން އެއިން ރަށަށް ފުރަން ވެސް ތައްޔާރުކުރިއެވެ. އެހެން ހެދީ ބައްޕައާ ވާހަކަދައްކާފައެވެ. ފިހާރަ ހުޅުވާ ވިޔަފާރި ކުރިއަށް ގެންދަން މުސްކާން ނުލާހިކު ބޭނުމެވެ. އެންމެ ދުވަހަކު ފިހާރަ ނުހުޅުވިޔަސް އެއިންވާ ގެއްލުން  ނުލާހިކު ބޮޮޑުވީމައެވެ.

މުސްކާން މަންމަމެނަށް މާލެ އާދެވުނީ އެ ދުވަހުގެ މެންދުރު އަތަށް އެޅި އިރުއެވެ. އައިންތުގެ ހުއްދައާ އެކު މުސްކާން މަންމަމެން އައީ މުސްކާންގެ ކޮޓަރިއަށެވެ. އެހިސާބުން މުސްކާން އެ ދަތުރު ނުދާކަން އައިންތުއަށް އެނގުނެވެ.

އެހެންނަމަވެސް އެވާހަކަ އައިންތު ދެއްކީ އެރޭ ކާން ތިބެއެވެ. އެ އަޑު އިވުމާއެކު ހައިދަރުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އަދި ވަގުތުން ދަތުރުމަތިން ފޫހިވެ ދާ ހިތްކެނޑުނެވެ. އެހެންނަމަވެސް ދަތުރު ރޭވީ ބައްޕައާ ވެސް މަޝްވަރާ ނުކޮށް ކަމަށްވާތީ މި ދަތުރުކުރުން ނޫން ގޮތެއް ދެންނެތެވެ. ރަނގަޅަށް ވިއްޔާ އެމީހުންގެ ވެސް ކަންކަން ކޮށްދޭން ޖެހޭނީ އަހަންނަށެވެ. ހައިދަރު ހިތަށް އެރިއެވެ.

މުސްކާން މާލެއިން ފުރީ މަންމަމެން މާލެއިން ފުރި ފަހުންނެވެ. އެހެންކަމުން އައިންތުއާ އެކު މުސްކާން ވެސް މަންމަމެން ފުރުވަން އެއަރޕޯޓަށް ދިޔައެވެ. އަދި އެހެންމީހުންނާ ސަލާމްކުރި އުސޫލުން ހައިދަރާ ވެސް މުސްކާން ސަލާމް ކުރިއެވެ. އެ ވަގުތު ހައިދަރުގެ ހިތް އޭގެ މަގޫމު ދޫކޮށް ދާންއުޅުނުހެން ހައިދަރަށް ހީވިއެވެ. މި ދަތުރު މުސްކާންއާ އެކު ދިޔުމުގެ ނަސީބު ނުލިބުމުން ހައިދަރު ހުރީ ނުލާހިކު ދެރަވެ މާޔޫސް ވެފައެވެ. އޭނާ ހާދަ ގިނަ ޕްލޭންތަކެއް ކުރިއެވެ. ހާދަ ފޮނި ހުވަފެންތަކެއްގައި މުސްކާންއާ އެކު ކުލަ ޖެއްސިއެވެ. އެކަމަކު އެ ހުރިހާކަމެއް އެންމެ ފަހު ވަގުތު ފެނަށް ވެގެންދިޔައީއެވެ.

”އަޅެ! އަހަރެމެނަށް އެއްކޮށް ދަތުރު ކުރެވުނު ނަމަ! ދޯ!“ ނުހުރެވިގެން ހައިދަރަށް ބުނެވުނެވެ.

”އެކަމު އަހަރެން ބޭނުންވީ އޭރުވެސް ރަށަށް ދާން! މި ވީ ގޮތް އަހަންނަށް މާރަނގަޅު!“ ސަމާސާ ރާގަކަށް ބުންޏަސް މުސްކާން ހާމަކުރީ މުސްކާން ބޭނުންވި ގޮތެވެ. އެއީ ނުސީދާކޮށް މުސްކާން ހައިދަރަށް ދިން އިޝާރާތެކެވެ.

މުސްކާން ބުނި އެއްޗެއް އަޑު އިވުމުން ހައިދަރުގެ ކަރު އެލުވާލެވުނެވެ.

”ހުރޭ! އަދި އެއްކޮށް ދަތުރެއް ރާވާނީ!“ މުސްކާންގެ އިޝާރާތް ނުވިސްނޭކަމަށް ހަދަމުން ހައިދަރު ބުންޏެވެ.

”ރާވާ! ރާވާ!“ އެއަޑުގައި ސީރިޔަސް ކަމެއް ނެތެވެ. ހައިދަރު ހިފި މުސްކާންގެ އަތުން ދޫކޮށްލާ އެތެރެއަށް ވަންނަގަޑި ޖެހުމުން އެންމެންގެ ކުރީގައި ހުރެގެން ވަދެގެން ދިޔައީއެވެ.

މުސްކާން އައިންތުއާ އެކު ގެއަށް ދިޔައީ އެވެ. އަދި ކޮފީއެއް ބޯންކަމަށް ބުނެ އައިންތުމެން ފްލޯގައި މަޑުކުރީއެވެ. އައިންތު ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އައިންތު ކޮޓަރިއަށް ވަދެ އިރުކޮޅެއް ވަންދެން މުސްކާން މަޑުކުރިއެވެ. ދެން ވަރަށް ވިސްނުމަށްފަހު ގޮސް ރިހާންގެ ކޮޓަރީގައި ދެފަހަރަކު ޓަކި ދިނެވެ. އެތެރެއިން ކާކުތޯ ރިހާން އަހާއަޑު އިވުމުން މުސްކާންއޭ ބުނެ މުސްކާން ޖަވާބުދިނީ ވައި އަޑުންނެވެ. ރިހާންގެ އަޑު އިވިގެން އައިންތު ކޮޓަރިން ނިކުންނާކަށް އަދި އައިންތުގެ ހިތުގައި މުސްކާން އާމެދު އެއްވެސް ކިލަނބުކަމެއް އުފެދޭކަށް ވެސް މުސްކާން ނޭދެއެވެ.

މުސްކާން ހަމަޖެހިލިއެވެ. ރިހާން އިރުކޮޅަކުން ކޮޓަރި ހުޅުވާ އިރަކަށެވެ. ހީކުރި ވަރަށްވުރެ ގިނައިރު ވީފަހުން ރިހާން ކޮޓަރި ހުޅުވައިލިއެވެ. މުސްކާން ހުރީ އެހާއިރު ވީއިރު ވެސް ކެތްކޮށްލައިގެންނެވެ. އުންމީދާއެކުގައެވެ.

ރިހާން ކޮޓަރި ހުޅުވައިލާ ކުޑަކޮށް ބޭރަށް ބޯދިއްކޮށްލަން އުޅުނެވެ.

”އަހަރެން އެބަހުރީމޭ!..ހެ ހެ ހީކުރީ ގިނަ އިރުވީމަ އަހަރެން ދިޔައީކަމަށްތަ!“ މުސްކާންގެ ރާގުގައި ހުރީ މަޖާ ކަމެވެ.

މުސްކާންގެ އަޑު އިވުމުން ރިހާން ހަމަޖެހިލިއެވެ. އަދި މޫނުމަތިން ފެނުނީ ޢާންމުކޮށް ވެސް ފެންނަ ހިނިތުންވުމެވެ. އެހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު މުސްކާންގެ ހިތުގައި ފިނިރާޅެއް ދުވެލައެވެ. އެ ރާޅުގެ ފިނިކަން ދުވަހެއް ދުވަހަކަށް ގަދަވަމުން މުސްކާންގެ މުޅި ޖިސްމަށް ވެރިވަމުން އާދެއެވެ. މުސްކާންއަށް ނުވެސް އެނގިއެވެ.

”މުސްކާން!“ ރިހާން މުސްކާންގެ ނަމުން ފުރަތަމަ ފަހަރަށް ގޮވައިލިއެވެ. މުސްކާންއަށް އިޙުސާސްވީ މުޅި ދުނިޔެ އަލިވެ ކުލަ ވެގެން އައިހެންނެވެ.

”ޔެސް!“ މުސްކާންއަށް އުފަލުން ފުންމައި ނުގަނެވުނީ ކިރިޔާއެވެ.

”މިހިރިއޭ! ނިކުމެ ބަލަ! ހިނގާބަލަ ޓެރެސްއަށް…. ކަމަކު އޭ!“ މުސްކާން އެންމެ ފަހުން ބުނި ޖުމުލަ އައީ އާދޭސްކުރާ ރާގަށެވެ. މުސްކާންގެ އަޑު އިވުމުން ރިހާން ވިސްނައިލިއެވެ. އެހެންނަމަވެސް އެހެން ގިނަ އިރު ހުންނަން ނުކެރުމުން މުސްކާން އެދުނު ގޮތަށް ޓެރެހަށް އަރަން ހުންނަ ސިޑިއާ ދިމާއަށް ހިނގައިގަތެވެ.  މުސްކާން ހުރީ ރިހާންގެ ފަހަތުގައެވެ.

ރިހާންއަށް ޓެރެހަށް ނިކުމެވުމުން މުސްކާން އެހީ ކޮފީ އެއް ބޭނުންތޯއެވެ. ރިހާންގެ ޖަވާބަކީ ބޮލުން ކުރި ނޫނެކޭ އަންގައިދިން އިޝާރާތެވެ.

ޓެރެހަށް އަރާ ރިހާން ހިނގައިގަތީ ޢާންމުކޮށްވެސް ރިހާން އިށީންނަ ސަންބެޑާ ދިމައަށެވެ. ރިހާން ގޮސް އެތާ އިށީނދެ ހަމަޖެހިލެވެންދެން މުސްކާން ހުރީ އެސްފިޔަ ވެސް ޖަހާނުލާ ރިހާންގެ ހަރަކާތްތަަކަށް ބަލަހައްޓައިގެންނެވެ. ރިހާންގެ ލޮލަށް ނުފެންނަކަން ނޭނގޭ އެއްވެސް މީހަކަށް ރިހާން މިހެން އުޅޭ އުޅުމަކުން ރިހާންގެ ލޮލަށް ނުފެންނަކަމެއް ނޭނގޭނެއެވެ. އެހައި ވެސް ހަރަކާތްތައް އަވަސް ވެފައި ފަރިތައެވެ. މިތަން މިހިރީ ރިހާންގެ ލޮލުގެ ފެނުން ގެއްލުނުއިރު ހުރިގޮތަށް ބަދަލެއް ނުގެނެސްކަމަށް ވެދާނެއޭ މުސްކާން ހިތަށް އެރިއެވެ.

”މުސްކާން! …. އެބަހުރިންތަ! ކީއްކުރަން މިތަނަށް މި ގަޑީގައި އަންނަން ބުނީ!“ މި ފަހަރު ރިހާންގެ އަޑުން ފާޅުވީ ހައިރާންކަމެވެ.

”އަހަރެން ….. މިތާ އެއްކޮޅުގައި އިށީނަސް އޯކޭތަ!“ މުސްކާން ކުރިއަށް ޖެހިލާ ރިހާންގެ ފަރާތުން ހުއްދައަށް އެދުނެވެ.

”އިށީނދޭ!“ ސަންބެޑްގެ އެއްކޮޅުގައި ރިހާންއާ ތަންކޮޅެއް ދުރުގައި އަތް ޖައްސައިލަމުން ރިހާން ހުއްދަ ދިނެވެ.

”ތޭންކްސް!“ މުސްކާން އިށީނެވެ. އެއަށްފަހު ދިޔައީ އެކަކުވެސް ވާހަކަ ނުދައްކާ ދިޔަ ވަގުތުކޮޅެކެވެ. ދައްކާނެ ވާހަކަ ކޮންމެ މީހެއްގެ ވެސް ޚިޔާލަށް އާދެއެވެ. ނަމަވެސް ވާހަކަ ފަށާނެ ގޮތެއް ފަށާނެ ހިސާބެއް އެކަކަށްވެސް ނޭނގެއެވެ.

”ރިހާން! އަމްމް!“ މުސްކާން ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ.

”އަހަރެން މިއިނީ އަޑު އަހަން! މުސްކާން ބޭނުން ކޮންމެ ވާހަކައެއް ވެސް ހަމަ ދައްކަންވީ!“ ރިހާންއަށް މުސްކާންގެ ނުތަނަވަސްކަން އިހުސާސްވީކަންނޭނގެއެވެ.

”އަހަރެން ކަމަކު އެދިއްޖެއްޔާ ކޮށްދޭނަންތަ!“ މުސްކާން ޖެހިލުންވެ ހުރެ އެދުނެވެ.

”ބުނޭ!“ ރިހާންގެ ޖަވާބު ވަރަށް ކުރެވެ.

”ލޮލުގައި ތި އޮތް އައިނު ….. ނަގާލާފަ…… އަހަރެން ބޭނުން ރިހާންގެ ލޯ ބަލާލަން.!“ މުސްކާން ބުނަން ބޭނުންވީ އެވާހަކައެވެ. އެއީ މުސްކާންއަށް ރިހާން ފުރަތަމަ ފެނުނުއިރުން ފެށިގެން ޝައުގުވެރިވެވުނު ކަމެކެވެ. އަދި ވަކިން ބޮޑަށް ރިހާންގެ މަންމަގެ ވާހަކަ އަޑު އިވުމުން އެ ޝައުގު ވަކިން ބޮޑުވެގެން ދިޔައެވެ. އެހެންވިޔަސް ދެމެދުގައި އޮތް ގުޅުން ވަކިވަރަކަށް ކައިރިވެގެން ނޫނީ އެވާހަކަ ބުނަން މުސްކާން ހުރީ ނުކެރިއެވެ. އެންމެ ފަހުން އެ ފުރުސަތު ހޯދީއެވެ.

މުސްކާން ބުނި އެއްޗެއްގެ އަޑު އިވުމުން ރިހާންއަށް ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވެރިވިއެވެ. އެކަމަކު ހަމަ ޖެހިލާފަ މުސްކާންގެ އަޑު އަންނަ ދިމާއަށް ކުޑަކޮށް އެނބުރިލިއެވެ. އަދި ލޮލުގައި އޮތް ލޯކަޅު އައިނު ނަގާއެއްފަރާތުގައި ބޭއްވިއެވެ. މުސްކާން އިނީ ހިރިވެސް ނުލާ ހަރަކާތެއް ވެސް ނުކޮށް އެ ދެލޮލުގެ އެތެރެ ފެނުމުގެ އިންތިޒާރީގައެވެ. އެކަމަކު ރިހާން އިސްޖަހާލައިގެން އިނުމުން އަދިވެސް އެކަން ވާގޮތެއް ނުވެއެވެ.

އެންމެ ފަހުން މުސްކާންގެ ކެތްތެރިކަން ކޮޅުންލާން ފެށުމުން މުސްކާންއަށް ގޮވައިލެވުނީ ރިހާންގެ ނަމުންނެވެ.

”ރިހާން!“ މުސްކާންގެ އަޑު އިވުމުން ރިހާންއަށް ތެޅިގަނެވުނެވެ. އަދި ދެލޯ ހުޅުވާލާ އިންގޮތަށް އިނދެ އަޑު އައި ދިމާއަށް މޫނު އަނބުރައިލިއެވެ.

”ސުބުޙާނަﷲ، ކޮންފަދަ ރީތިކަމެއް!“ މުސްކާންގެ އަނގައިން ބޭއިޚުތިޔާރުގައި ނިކުތީ މީގެ ކުރިން އެތައް އަންހެންކުދިންނެއްގެ ދުލުން ބުނިއަޑު ރިހާން އެހި ޖުމުލައެކެވެ. އެހެންނަމަވެސް އެ އަޑު އިވުމުން މީގެ ކުރިން ނުވާ އުފަލެއް ރިހާންއަށް އިހުސާސްވެގެން އައެވެ. އެ އިޙުސާސުގައިވަނީ ފޮނިކަމެކެވެ. އެހެންވިޔަސް ރިހާން އަނެއްކާވެސް މޫނު އަނބުރައިލިއެވެ. މުސްކާންއާ ދުރަށެވެ.

”ޕްލީޒް.. އަދި އިރުކޮޅަކަށް!“ އެ ފެހި ނޫކުލައިގެ ލޮލުގެ ޖާދޫގައި ނުޖެހޭނެ އެއްވެސް އަންހެން ކުއްޖެއް ނުހުންނާނެއެވެ. އެކަން މުސްކާންއަށް ޔަގީނެވެ. އައިންތު އެ ބުނި މީހާއަށް ވެސް އެ ބުނެވުނު އެއްޗެއް އެބުނެވުނީ ފެނުނު ދެލޮލުގެ އަޖާބު ކުރުވަނިވި ރީތިކަމުންކަން މުސްކާންއަށް ޔަގީނެވެ. ހިތަށް އައި ޚިޔާލުތަކުން މުސްކާންއަށް ނިކުންނަން މަޖުބޫރުވީ ރިހާން ވާހަކަ ދެއްކިއަޑު އިވުމުންނެވެ.

”ދެން އެހެން ފަހަރަކުން!“ ރިހާން ނެގީ އައިނެވެ. ދެން އައިނު އަޅަމުން ރިހާން ތެދުވިއެވެ.

”އަހަރެން މާދަމާރޭ ރަށަށް ދަން. ލިބިދާނެތަ ރިހާންގެ ފޯނު ނަމްބަރ!“ ތެދުވެ ހިނގައިގަންނަން ތައްޔާރުވި ރިހާންއަށް ލިބުނީ ޝޮކެކެވެ.

”މުސްކާން! އަހަރެން ހިތަށް އަރާ…..!“ ބުނަން އުޅުނު ވާހަކަ ނުބުނެ ރިހާން ހިނގައިގަތީ ޓެރެހުން ފައިބާށެވެ.

މުސްކާންއަށް އައީ ހުއްޓުމެކެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް މުސްކާންއަކަށް ނޭނގުނެވެ. ގަތީ ލަދުކަމެއް ވީ ދެރަކަމެއް ވެސް މުސްކާންއަކަށް ނޭނގުނެވެ. ހުއްޓުން އެރި ގޮތަށް ހުރެވުނީއެވެ. ރިހާންގެ ފިޔަވަޅުގެ އަޑު ކެނޑުމުން ހުރިގޮތަށް ފުންމައިގެން ތެދުވެވުނީއެވެ. އަދި ދެން ހަމަ އެ ސިކުންތުގައި އަނެއްކާ އިށީނދެވުނީއެވެ.

މުސްކާން ބުނި މާދަމައަށް އިރުއެރިއިރުވެސް އަދި އެދުވަހުގެ ބާކީ މުސްކާން މާލޭގައި ހޭދަކުރި އެއްވެސް ވަގުތަކުވެސް ރިހާން އެއްް ނުދެކެއެވެ. ރިހާން ދެކިލާހިތް ކިތަންމެ ވަރަކަށް ވިޔަސް މުސްކާންއަކަށް ދެން ރިހާންއާ އިސްވެ ވާހަކަދައްކާކަށް ނުކެރޭނެއެވެ.

މުސްކާން ފުރައިގެން ރަށަށް ދިޔައީ އެވެ. ރިހާން ފެނުމުގެ ނަސީބު އެދި އެދި ހުރި މުސްކާން ފުރީ އެ ފުރުސަތު ނުލިބިއެވެ. އެހެންކަމުން ހިތަށް ވަމުން ދިޔަ އުދަނގޫ ގޮތްތަކަކުން މާޔޫސްވެ އެ ހިތްވަނީ މޮޅިވެފައެވެ. އެއްވެސް ކަމެއް ކުރުމަކުން، މީހަކާ ދިމާވެ ބައްދަލުވުމަކުން އަދި ކީއް، އަމިއްލަ ކޮއްކޮމެން ފެނުމަކުން ވެސް މުސްކާންއަށް މިފަހަރު ލިބުނު މާބޮޑު އުފަލެއް ނެތެވެ. ކީއްވެކަމެއް ޚުދު މުސްކާންއަކަށް ވެސް ނެނގެއެވެ.

މުސްކާން ރަށަށް ދިޔަތާ ތިންވަނައަށް ވިދުވަހެވެ. މެންދުރަށް ފިހާރަ ބަންދުކުރުމަށްފަހު ކޮއްްކޮމެން ގޮވައިގެން މުސްކާން ދިޔައީ މޫދަށެވެ. އަވައްޓެރި ދެތިން ކުއްޖަކުވެސް އެމީހުންނާއެކު ދިޔައެވެ. އޭގެތެރޭގައި އެއްކުލާހެއްގައި ކިޔެވި އައިޝާ ވެސް ހިމެނެއެވެ. އައިޝާއަކީ ކިޔަވަން އުޅުނުއިރުވެސް މުސްކާންއާ ވަރަށް ގާތްކޮށް އުޅުނު ކުއްޖަކަށްވުމުން މުސްކާން ރަށުގައި ހުރިކަން އެނގުމުން މުސްކާން ކައިރިއަށް އައީއެވެ.

މޫދުގައި ސަކަރާތްޖަހާލާ ކުޅެ ފުމެ ހަދަން ތިބުމަށްފަހު އެންމެން އެއްގަމަށް އަރައި ގެއާ ދިމާއަށް މިސްރާބު ޖެހިވަގުތު އައިޝާ ހިފީ މުސްކާންގެ އަތުގައެވެ. އަދި ކަންފަތާ އަނގަ ކައިރިކޮށްލުމަށްފަހު ވާހަކައެއް ބުނަންވެފަ އެބައޮތޭ ބުންޏެވެ.

”ހަނދާންކޮށް ހިޝާމްގެ ވާހަކައެއް ނުބުނާތި!“ އައިޝާއާ ދިމާއަށް ކަނާތުގެ ޝަހާދަތްއިނގިލި ހިތްލާލަމުން މުސްކާން އެހެން ބުނީ ހެމުން ހެމުންނެވެ.

”މަށެއް ނުބުނާނަން އެކައްޗެއް ވެސް. އެކަމަކު ތަނެއް ދެއްކިދާނެ!“ އައިޝާ ވެސް ހެމުން ހެމުން ބުންޏެވެ.

”ތަނެކޭ!… ކޮންތަނެއް!“ މިފަހަރު މުސްކާންއަށް ލިބުނީ ހައިރާންކަމެކެވެ. އެވަގުތު މުސްކާންއަށް ބަލައިލެވުނީ އައިޝާގެ ނަޒަރުހުރި ދިމާއަށެވެ.

”ހިޝާމް!“ ބޭއިޚުތިޔާރުގައި މުސްކާންގެ އަނގައިން ހިޝާމްގެ ނަން ބޭރުކުރެވުނީ އެމީހުންނާ ދިމާއަށް ބަލަަހައްޓައިގެން މަގުގެ އެއްފަރާތުގައި ހުރި ކާނިގަހަށް ލެނގިލައިގެން ދާދި ގާތުގައި ހިޝާމް ހުރިތަން ފެނުމުންނެވެ. ކުރިއާ އަޅާބަލާއިރު ހަރުވައްތަރުޖަހާ ހިޝާމްގެ ބޮލުގެ އިސްތަށިގަނޑު އޮތީ ފުދޭވަރަކަށް ދިގުކޮށްފައެވެ. އެެހެންނަމަވެސް އެ މޫނުމަތިން މުސްކާންއަށް ފެނުނީ ކުރިންވެސް ފެންނަ އާދޭހުގެ ކުލަވަރެވެ.

މުސްކާންއަށް އިސްޖަހައިލެވުނެވެ. އެ ގޮތަށް ހިޝާމް މުސްކާންއަށް އާދޭސްކޮށްކޮށް ކިހާ ދުވަހަކު ހުންނާނެހެއްޔެވެ! ހިޝާމްގެ އެއްވެސް އެދުމަކަށް ދުވަހަކުވެސް މުސްކާން އާނބަސް ނުބުނެއެވެ. ވީއިރު ހިޝާމް އެހެން ދިމާއަކަށް ނުގޮސް އެހުރީ ކީއްވެހެއްޔެވެ! މިފަހަރު މުސްކާންގެ ހިތުގައި ހިޝާމްއަށްޓަކައި ހިނގައިލީ ހަމްދަރުދީއެވެ.

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: ހިމޭން ލޯބި

ކުރު ވާހަކަ: ހިމޭން ލޯބި

މާރޗް 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

މާރޗް 28, 2023
ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

މާރޗް 27, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In