މަޝްހޫރު ޑްރާމާ ސީރީޒް ”ދިރިއުޅުމަކީ މިއީބާ؟“ އިން ދިވެހިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ކޮމެޑިއަން އިބްރާހީމްބެ ނިޔާވެއްޖެއެވެ.
އުމުރުން 58 އަހަރުގައި އިބްރާހީމްބެ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ.
އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ ”ދިރިއުޅުމަކީ މިއީބާ؟“ގައި އިބްރާހީމްބެ އާންމުކޮށް ފެންނަނީ ރުޅިގަދަ މީހެއްގެ ރޯލުންނެވެ.
އިބްރާހިމްބެ ވަނީ ”ދިރިއުޅުމަކީ މިއީބާ؟“ ސީރީޒްގެ ވަރަށް ގިނަ އެޕިސޯޑްތަކުގެ އިތުރުން ބައެއް އިސްތިހާރުތަކުންނާއި އެހެން ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ.