އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ތަރައްޤީއަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދޭނަން: މަހިނބަދޫ ކައުންސިލް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 25, 2022
ޚަބަރު
0
ތަރައްޤީއަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދޭނަން: މަހިނބަދޫ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ކައުންސިލް މެންބަރުން ވަނީ ކުރިއަށް އޮތް އަހަރު، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް، ބަޖެޓުގައި ހިމަނައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެބޭފުޅުންވަނީ މަހިބަދޫ އިން ގޯތި އެންމެ ފަހުން ދޫކޮށްފައިވަނީ މީގެ 35 އަހަރު ކުރިން ކަމުގައި ފާހަގަކުރައްވައި، ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަކީ މަހިބަދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްކަމުގައި ފާހަގަކުރައްވާފައެވެ.

އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެ މަސައްކަތަކަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މަހިބަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާ، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު ރަށުގެ އިޙްތިޞާސްގައި މާފަރު ފަޅު ހިމަނައިދެއްވުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މަހިބަދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިމާރާތެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަހިބަދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ ވަރަށް އުންމީދީ ޖަވާބުތަކެއްކަމުގައި ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެކަމަށާއި މަހިބަދޫ ކައުންސިލުން އެދިލެއްވި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ފާހަގަކުރައްވާފައެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

މާރޗް 26, 2023
ގެޒެޓްކޮށްފައިވާ ގަވައިދުގެ ސަބަބުން ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް – ރ.މައުމޫން

ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން: މައުމޫން

މާރޗް 26, 2023
އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާރޗް 26, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅުން: ދެ މީހަކު ދޫކޮށްލައިފި

މާރޗް 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In