ވ.އާރަށުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދަޢުވާ ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކުރުމާ ގުޅިގެން ޑރ.މުޙައްމަދު އިޔާޟް ވާހަކަ ދައްކަވައިފިއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޝްވަތުދިންކަން ސާބިތުވުމުން ނަޢީމުގެ މައްޗަށް އިއްވީ 03 އަހަރާއި 02 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ. އެ ޙުކުމާ ގުޅިގެން އިޔާޟް ވިދާޅުވީ ”ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ތަނަވަސްވާން އުޅުނީމާ ލިބޭނީ މިކަހަލަ ކެހި“ ކަމަށެވެ.
އިޔާޟް ވިދާޅުވީ މިއީ ޢިބްރަތް ހާސިލު ކުރަންޖެހޭ ކަމެއް ކަމަށާއި ތިމާގެ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙު ބަޔަކު ކަމުގައި ހަދަންޖެހޭ ކަމަށެވެ. އަދި ތިމާ އަށް ގޯހެއް ހެދޭނަމަ އެކަން ހުއްޓުވައި ރަނގަޅު މަގުގައި ކުރިޔަށް ދިޔުމަށް ހިތްވަރުދޭ ރަޙްމަތްތެރިން އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ.
”ކިތަންމެ އިޙްތިރާމްކުރާ މީހަކު ނަމަވެސް ނުބަޔެއް ހެދުމަށް އެހީތެރިވެގެން ނުވާނެ. ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއް ދުވަހޭ ދިވެހި ހަރުބަހެއްގައި ބުނަނީ އެހެންވެ.“
ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް އިއްވީ 11 އަހަރަށް ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
200 މީހުން ކުރެ 2 މީހުން ފޮރުވާފައި ހަމައެކަނި ރައީސް ޔާމީން ޖަލަށްލުމުން އިޔާޟަށް އެއީ އިންސާފު ކަމަށް ޤަބޫލު ކުރެވެންޏާ އަވަހަށް ސަދޫމަށް ގޮސް އަލިފުބާ ދަސްކުރޭ!!!
Iyaaz men Qaasim athun hoadhaa fasaa halaal vaanetha???
Alhugadu Iyaazah dhannavaalan beynunvanee hageegai neygey kankamugai meehunna dhimaalah thigothah vaahaka nudhekkumashaai libifai huri ilmeh anekunnah agai dhunun maa aulaakah boduve meehun balai ganna meehakah vun ragalhuvaane ..
haraam faisaa jehifa thibi meehun ginakamah vane
Iyaaz behinulahvaa kameh oveythoa? Thimaa aa nubehey kankamaa behi ulhumakee konkaha kameh thoa?
އަސްލު ވެސް އެވީ ވާންޖެހޭގޮތް މައްސަލައަކީ އިންސާފުގެ ކުރިމަށްޗަށް ވަކިބަޔަކު ގެނެސް އެނެއް ބަޔަކު ދޫކޮއްފައި ބޭތިއްބުން