ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މުޒާހަރާއަށް ނިކުމެއްޖެއެވެ.
ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި އަޑުއުފުލަމުންނެވެ.
އެ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ.



ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކުރީ ވ.އާރަށު މައްސަލައިގައެވެ. އެ ޙުކުމް ތަންފީޒުކުރުމަށްޓަކައި މިރޭ 20:00 ހާއިރު އެ މަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.