ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ޙުކުމް ތަންފީޒުކުރުމަށްޓަކައި އެ މަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ޔާމީން މާފުށްޓަށް ގެންދިޔައީ މިރޭ 20:00 ހާއިރުއެވެ.
ރައީސް ޔާމީން ޖަލު ޙުކުމް ތަންފީޒުކުރައްވާނީ މާފުށީ ޖަލުގައި ހުންނަ ވީއައިޕީ ގޮޅީގައެވެ. އެ ގޮޅިއަކީ ސިޔާސީ ލީޑަރުންނާއި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ މަތީ ފަންތީގެ ބޭފުޅުން ތިއްބެވުމަށް ޔާމީންގެ ޒައާމަތުގައި ތަރައްގީކޮށްފައިވާ ގޮޅިއެކެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވެވުމަށް ދައުލަތުން އެދުނީ ޖުމްލަ 19 އަހަރުގެ ޖަލު ޙުކުމެއް ނަމަވެސް ގާޒީ އިއްވެވީ 11 އަހަރުގެ ޖަލު ޙުކުމެކެވެ.