ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޔާމީނަށް ކުރި ޙުކުމާއެކު އިންތިޚާބުގައި ވާދަކުރެއްވުމަށް އޮތް ފުރުސަތު ހަނިވެއްޖެ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ޑިސެމްބަރ 25, 2022
ޚަބަރު
3
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފި

ކުރީގެ ރައީސް ރައީސް ޔާމީން

ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރެއްވުމަށް އެ މަނިކުފާނަށް އޮތް ހުރަހަކަށްވެއްޖެއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. އެ ދެ ދަޢުވާއަށް 19 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް ރައީސް ޔާމީނަށް އިއްވީ 11 އަހަރުގެ ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

އެ ޙުކުމާއެކު މިވަނީ އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރެއްވުމަށް އޮތް ހުރަހަކަށްވެފައެވެ.

ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފު ކުރެވުނުތާ 03 އަހަރުވެފައިވާ މީހަކު ކަމުގައިވާން ޖެހެއެވެ.

އެހެންކަމުން މަތީ މަރުހަލާގެ ކޯޓަކުން މި ޙުކުމް ބާތިލު ނުކުރާހައި ހިނދަކު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު ރައީސް ޔާމީނަށް ބަންދުވީއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް އިއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިއަށް އޮތީ ކުޑަދުވަސްކޮޅެކެވެ. އެ މުއްދަތުތެރޭގައި ހައިކޯޓަށް އެ މައްސަލައިގެ ޙުކުމަކަށް ވާސިލުވެވިދާނެކަމާމެދު ޝައްކެވެ.

Tags: ރައީސް ޔާމީން

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

ކިޔުންތެރިންގެ ޚިޔާލު 3

  1. ޖަލުރައީސް says:
    3 months ago

    ފުރުސަތު ހަނިވީކީ އެއްނޫން، ގެއްލުނީ ފުރުސަތު.. ވަގުންނައް ކުރިމަތިލެވޭގޮތައް އޮތީއްޔާ ޔާމިނައް ކުރިމަތި ލެވެންއޮތީ.. އެހެންނޫނީ ނެތް ކުރިމަތި ލެވޭކައް.. ރައީސް ނަޟީދުއައް ކުރިމަތިނުލެވި ކުރި ހަރާން ހުކުމުގެ މަތިން ވަރައް ހަދާންވާނެ ވަގުކަލޭގެ….

    Reply
  2. keke says:
    3 months ago

    Thee kee haggah nasru libumeh noon, thee hasadha filuvan raees meehaa athugaa hurihaa baareh otheemaa faisaa AAI nufoozu beynun koggen kuri nuhagu hukumeh aniyaa verikamuge hadhdheh neh meeheh raees Iburaahim akee, verikamah Anna ves raiyyathunah vee vaudhakee RY dhigu mudhdhatheh jalan laane kamah bune vee vaudhu, e vaudhu fudhdhan faisaa as nufoozuge beynun kuranee, ehen evves vaudheh fudhdhaakah noolhey mi ee hasadha veri verieh evves meehaku riyaasee kaenpiongaa menifestoagaa oveythoa mibaa vathuge zaathee hasadhveri menifestoeh mi varuge aniyaaveri beykaleh mee raees Iburaahim akee.

    Reply
  3. Alihokko says:
    3 months ago

    ކާމިޔާބު ލިބޭނީ ހައްގަށް ކަމުގެ ފުރިހަމަ މިސާލެކެވެ. ތިމާމެން ފޭހޭ އިލޮށި ތިމާގެ ލޮލަށް ހެރޭނެކަންވެސް ސާބިތުވީއެވެ. ހުރިހާ ޝުކުރެއް ﷲ އަށެވެ. ޖަމީލް ދެން ހޭށެވެ.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In