ކިތައްމެ ބޮޑު ޖަލު ހުކުމެއް ކުރިނަމަވެސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ބަދަލު ނުވާނެ ކަމަށާއި، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނީ، ރައީސް ޔާމީން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފަ އެވެ. އެ ހުކުމާއި އެކު އިދިކޮޅު ކޯލިޝަނުން ވަނީ މި ހުކުމަކީ، ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ވަކި ގައުމަކުން ބޭނުންވެގެން ކުރި ހުކުމެއް ކަމަށް ބުނެފަ އެވެ. އަދި މި ހުކުމް ބަލައި ނުގަންނާނެ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ހުކުމްގެ ސަބަބުން ޕީޕީއެމް ބައިބައި ކޮށްލެވޭނެ ކަމަށް ބަޔަކު ހީކުރާ ކަމަށާއި، އެހެން ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. ޕީޕީއެމްގެ މެމްބަރުންނާއި ޕީޕީއެމްގެ ލީޑާޝިޕު އޮތީ ރައީސް ޔާމީން އާއި އެކު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ދެމި ތިބޭނީ ރައީސް ޔާމީން ފަހަތުގައި ކަމަށެވެ.
”އިންޑިއާ އިން ނުފޫޒު ފޯރުވައިގެން މިހުކުމް ކުރީ. ފުލުހުންނާއި ސިފައިން ކޯޓު ތެރޭގައި ހަރަކާތްތެރިވިކަމުގެ މައުލޫމާތު ވަނީ ލިބިފައި. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ފާސިގުން ތިބިކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި. އެކަމަކު އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައެއް ނެތް.“ އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހުނަސް ޕީޕީއެމް އާއި ޕީއެންސީ ހިންގަވާނީ، ރައީސް ޔާމީން ކަމަށާއި، ކަންކަމުގައި ކުރިއަށް ދާނީ، ރައީސް ޔާމީން ވިދާޅުވާ ގޮތަކަށް ކަމަށެވެ.
”ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް ޕީޕީއެމް އާއި ޕީއެންސީ ހިންގަވާނީ ރައީސް ޔާމީން. އެމަނިކުފާނު ވިދާޅުވާ ގޮތަކަށް ރައްޔިތުންނާއިއެކު އަޅުގަނޑުމެން ކުރިއަށް ދާނަން. މިއީ ހަރާމް ހުކުމެއް.“ އަދުރޭ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމެއް ކަމަށެވެ.
ހުކުމުގައިވާ ގޮތުން ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެންވެ، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ވެސް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވީޔާ ތިޕާޓީން މީހަކު ނުނެރޭނެތާ އިންތިހާބައް.. ޔަގީންވާ ކަމަކީ ޔާމިނުގެ ނަމެއް ނޯންނާނެކަން ވޯޓު ކަރުދާސް ކޮޅުގައެއް..
ޖަމީލަށް ސާބަހެވެ. ފުރިހަމަ ބަދަލެއް ހިފައިފީމެވެ. ތިޔަ ފޮޓޯގައި އުފަލުން ތިބި މީހުން ޢެބަތިއްބެވެ.
އެކަމަކު ތިޔަ ފޮޓޯގައި ވަރަށް އުފަލުންތިބި މީހުންވެސް ޢެބަތިއްބެވެ. ޖަމީލްއަށް ސާބަހެވެ. ފުރިހަމަ ބަދަލެއް ހިފައިފިއެވެ.