ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ނަމޫނާ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމައިފައިވަނިކޮށް، ރައީސް ޞާލިހަށް ތާއީދުކުރައްވާނެކަން އިއުލާނު ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައި މީކާއިލް ވިދާޅުވީ ކުރިން ސަރުކާރަށް ފާޑުކީ ނަމަވެސް މިފަހަރުގެ އިންތިޙާބުގައި އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވީ އެމަނިކުފާނު ދެއްކެވި ނަމޫނާ ލީޑާޝިޕްގެ ސަބަބުން ކަމަށެވެ.
”އެންމެ ބޮޑަށް ފާޑު ވިދާޅުވާ ފަރާތްތަކާ އެކުގައި ވެސް ގައުމުގެ ކުރިމަގަށް މަސައްކަތް ކުރެއްވުމުގައި ރައީސް ވަނީ ނަމޫނާ ދައްކަވައިފައި.“ މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ކުރިން ފާޑުކީ ކަމަށާއި އެކަމަކު، މިފަހަރުގެ އިންތިޙާބުގައި އޭނާގެ ފުރިހަމަ ތާއީދު ރައީސަށް އޮންނާނެ ކަމަށެވެ.
އެޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި މީކާއިލް އެންމެ ފުރަތަމަ ފާހަގަވެފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި މެންބަރެއްގެ ގޮތުގައެވެ. އަދި، އޭނާ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީދާ ރައީސަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ 2008 ވަނަ އަހަރަށް ފަހު އެޕާޓީން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށް ވާނެއެވެ.
އަންނަ މަހު 28ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގާ ވާދަކުރައްވަނީ ރައީސްގެ އިތުރުން، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ބޭއިންސާފުން އަނިޔާވެރިވާތީތަ ތިމާމެންހުރިހާކަމެއްކޮށްފަ އެހެންމީހު އިންތިހާއީތަކުލީފު
ރައީސް ސާލިހު އަކީ މިގައުމައް ޖެހިފައިވާ ބަލާއެއް މުސީބާތެއް