މިދިޔަ ހަފުތާގެ ބަންދުގައި އެންމެންގެ އިންސްޓަ ސްޓޯރީސްތައް ފުރިފައި އޮތީ ރެދަންގެ ތަފާތު މަންޒަރުތަކުންނެވެ.
އެކަމަކު މިފަހަރު އެންމެ ރީތި ރެނދަންތައް ފެނުނު ހިސާބުތަކުގެ ތެރޭގައި ބ. އަތޮޅުގެ ރަށްތައް ހިމެނެއެވެ. އޭގެ ތެރޭގައި ބ. ކުޑަރިކިލު، ބ. ގޮއިދޫ، ބ. ފެހެންދޫ ހިމެނެއެވެ. ބ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުންނަ އިރު އެ ރިސޯޓުތަކުގެ ގޮނޑުދޮށުން ވެސް އެ ހިތްގައިމު މަންޒަރު ފެނެއެވެ.
އޭގެ އިތުރުން ކ. ހުރާގައިވެސް ވަނީ ރެދަން ލައިފައެވެ.
ރެދަން ލުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. މިހާރު އެއީ ދިވެހިންނަށް ކޮންމެ އަހަރަކު އަންނަ ”އީދެކެވެ“. އެކަން އެނގެނީ ރެދަންލާ ކޮންމެ ފަހަރަކު، އެ މަންޒަރު ބަލަން ޖަމާވާ މީހުންގެ އަދަދުންނެވެ. ރަށްރަށުގެ ކުދިބޮޑު އެންމެންހެން މި މަންޒަރު ބަލަން ދެ އެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް ރެދަންލާ ރ. ވާދޫގައި މިދިޔަ ސެޕްޓެމްބަރު މަހާއި ނޮބެމްބަރު މަހު ވެސް ރެދަންލި އެވެ.