އިންޑިއާގެ މަޝްހޫރު ޒުވާން ޓީވީ އެކްޓްރެސް ތުނީޝާ ޝަރުމާ، 20އ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ދަންޖެހިގެން ތުނީޝާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ މަރާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އޭނާ މަރުވެފައި ހުއްޓާ ފެނިފައިވަނީ ”އަލީ ބާބާ“ ގެ ސެޓްގެ ތެރެއިން ފާހަނާއަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން އެތަނުގައި ތިބި މީހުން ފާހަނާ ދޮރު ވައްޓައި ބެލި ބެލުމުންނެވެ. އޭރު އޭނާ އިނީ ބަލިވެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.
ތުނީޝާގެ މަންމަ ތުހުމަތު ކުރާ ގޮތުގައި ކޯ ސްޓާރ ޝީޒަން އާއި އޭނާގެ މަރާއި ގުޅުމެއްވެއެވެ. އަދި އަޑުފެތުރިފައިވާ ގޮތުގައި އެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުންވެސް އޮތެވެ. ތުނީޝާ މަރުވުމުގެ ކުރިން އޭނާގެ އިންޓްރގްރާމް ސްޓޯރީ ގައި އެންމެ ފަހުން ޕޯސްޓް ކުރީ އަތުގައި ލިޕްސްޓިކް ޖައްސައިގެން ލޭ އަންނަ ކަހަލަ ގޮތް ދައްކަން ހަދާފައިވާ ފޮޓޯއެއް ކަމަށް އިންޑިއާގެ ނުސްތަކުން ރިޕޯޓް ކުރެއެވެ.
ތުނީޝާ ބެލުންތެރިންނަށް އެންމެ ފުރަތަމަ ފެނިފައިވަނީ ޓީވީ ޑްރާމާ ”ބަހަރަތު ކާ ވީރު ޕުތުރަ – މަހަރާނަ ޕްރަތާޕު“ އިންނެވެ. އެއަށްފަހު، ޗަކްރަވަތިން އަޝޯކާ ސަމްރާޓު އަދި އިންޓަނެޓް ވާލާ ލަވް ފަދަ ޑްރާމާތަކުގެ ލީޑް ރޯލުން ވާނީ ފެނިގެން ގޮސްފައެވެ.
ތުނީޝާގެ މަރުގެ ކުރިން އިންސްޓަގްރާމްގައި ވެސް އޭނާ ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެމީހެއްގެ ޕެޝަނެއް ހާސިލު ކުރަން ބޭނުންވާ ބަޔަކު އެކަމެއް ނުހުއްޓާނެ“ ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ ފިތޫރު އާއި ބާރު ބާރު ދޭކޯ އަދި ދަބަންގ3 ގައި ސަޕޯޓިން ރޯލުތަކުން ވެސް ތުނީޝާ ވަނީ ފެނިގެން ގޮސްފައެވެ.